އިޒަބެލް އާ ސޫރަޖުގެ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި

ފިލްމުގެ ފަސްޓްލުކް---

މަޝްހޫރު ބަޠަލާ ކެޓްރީނާ ކައިފްގެ ކޮއްކޮ އިޒަބެލް ކައިފް އާ އެކްޓަރު ސޫރަޖް ޕަންޗޯލީ ލީޑު ރޯލުން ފެނިގެންދާ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި އެވެ.

"ޓައިމް ޓު ޑާންސް"ގެ ނަމުން ނަންދީފައިވާ އެ ފިލްމުގެ ފަސްޓްލުކް މިހާރު އާންމުކުރިއިރު ވަނީ އެ ފިލްމު ރިލީޒްކުރާ ތާރީޚު ވެސް އާންމުކޮށްފަ އެވެ. މި ފިލްމަކީ އަންނަ މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރާ ޑާންސް ފިލްމެކެވެ. އަދި މި ފިލްމަކީ އިޒަބެލް ބޮލީވުޑަށް ތައާރަފްވާ ފިލްމުވެސްމެ އެވެ.

ސޫރަޖްގެ މި ފިލްމަކީ މަޝްހޫރު ކޮރިއޮގްރަފަރު ރެމޯ ޑި ސޫޒާ އާ އޭނާގެ އަންހެނުން ލިޒެލް އާ ދެމީހުން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

އިޒަބެލް އަތުގައި މިވަގުތު ވެސް ފިލްމެއް އެބައޮތެވެ. އެއީ އެކްޓަރު ޕުލްކިތު ސަމްރާޓް އާއެކު އޭނާ ކުޅޭ ފިލްމެކެވެ. މި ފިލްމުގައި ޕުލްކިތުއަކީ ދިއްލީއަށް ނިސްބަތްވާ މީހެކެވެ. އަމަން ކިޔާ މީހެއްގެ ކެރެކްޓާ ޕުލްކިތު ކުޅޭއިރު އިޒަބެލްއަކީ އާގަރާއަށް ނިސްބަތްވާ ނޫރު ކިޔާ އަންހެނެކެވެ.

comment ކޮމެންޓް