ބޮމެއް ކަމަށް ހީކޮށް ބެލިއިރު ކުދި ބުޅާތަކެއް

ގޮތް ނޭނގޭ ދަބަަހުން ފެނުނު ކުދި ބުޅާތައް--- ފޮޓޯ: ސީއެންއެން

ބުރާސްފަތި ދުވަހު އެމެރިކާގެ އޮހާއޯ ގެ ޝެރިފް ޑިޕާޓްމަންޓްއަށް އައީ ވަރަށް ސީރިއަސް ފޯނު ކޯލެކެވެ. ގޮތް ނޭގޭ ދަބަހެއް ޗާޗެއްގެ ބޭރުން ފެނުމާއެކު ބެލެވުނީ ބޮންތަކެއް ފެނުނީ ކަމަށެވެ.

ނަމަވެސް ކަމުގެ ހަގީގަތް ރަނގަޅަށް ބަލާލިއިރު މި ދަބަހުން ފެނުނީީ ބޮމެއް ނޫނެވެ. ދެންމެ ދެންމެ ވިހެއި ކުދި ބުޅާތަކެކެވެ.

ޝެރިފް ޑިޕާޓްމަންޓްއަށް ލިބުނު ފޯނު ކޯލާއިއެކު ވަގުތުން ބޮން ސްކޮޑް އެ ސަރަހައްދަށް ފޮނުވިއެވެ. މީޑީއާ ރިޕޯޯޓްތައް ބުނާގޮތުން މި ޓީމުގެ އެންމެ އިސްވެރިއަކަށް ހުރީ މައިކް ގްރައިމްސް ނަމަކަށް ކިޔުނު ސްޕެޝަލިސްޓް އޮފިސަރެކެވެ.

ގޮތް ނޭނގޭ މި ޕެކޭޖް އާއި ކައިރިވިއިރުވެސް އެއްވެސް ވަރަކަށް ބޮމެއްގެ އަޑެއް ނީވޭކަމަށް ޝެރިފް ޑިޕާޓްމަންޓުން ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި ބުނެފައިވެއެވެ. އޭގެ ބަދަލުގައި އޭރުވެސް އިވެމުންދިޔައީ ދިރޭއެއްޗެއްގެ ކޮންމެވެސް އަޑެއްކަމަށް ލަފާކުރެވުނެވެ.

ދަބަހުގައި އޮތް ބޮޑު ބުޅާ ސްޕްރިންކްލްސް -- ފޮޓޯ ސީއެންއެން

އަދި ދަބަސް ހުޅުވާލުމުން ހުރިހާ އޮފިސަރުންނަށްވެސް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ދަބަސް ތެރޭގައި އޮތީ ބުޅަލަކާއި އެ ބުޅަލުގެ ހަ ދަރިންނެވެ.

އަދި ދަބަހަށް ލާފައިވާ ކުޑަ މެސެޖެއްގައި ވެއެވެ.

"މަންމަ ބުޅަލުގެ ނަމަކީ ސްޕްރިންކްލްސް. މި ބުޅާ ވިހަން ފެށީ ބުދަ ދުވަހު ދޭއް ޖެހިހާއިރު. " ނޯޓުގައި ވެއެވެ.

ޝެރިޕް ޑިޕާޓްމަންޓުންވަނީ މި ބުޅާތައް އެ ސަރަހައްދުގައި ހުންނަ ޖަނަވާރުން ބަލަހައްޓާ ޖަމިއްޔާއަކާއި ހަވާލުކޮށްފައެވެ.

މި ޖަމިއްޔާއިން ފޭސްބުކްގައި ލިޔެފައިވާ ގޮތުން ހުކުރު ދުވަހު ބުޅާތައްވަނީ ފެންވަރުވާ ސާފުކޮށްފައެވެ. އަދި ލޭގެ ޓެސްޓުތައް ހެދި، ޖަހަންޖޭ ވެކްސިންތަކާއި ދޭންޖެހޭ ބޭސްވެސް ވަނީ ފަރުވާތެރިކަމާއި އެކީ ދެވިފައިކަމަށް ބުނެފައިވެއެވެ. އަދި ކުރިއަށްއޮތް ދެ މަސްދުވަހުގެ ބުޅާތަކާއި ބެހޭ ތަފްސީލްތައް ހާމަކުރަމުންދާނެކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

comment ކޮމެންޓް