މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 157 މީހުން

ޖެނުއަރީ 25، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން އިތުރު 157 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 103 މީހެކެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ނުވަ ކޭސްއެއް ފެނިފައިވާއިރު ރިސޯޓުތަކުން 34 ކޭސްއެއް ވަނީ ފެނިފަ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 18،769 އަކަށް އަރަ އެވެ. އޭގެ ތެރެއިން 16،196 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 162 މީހަކަށް ފަރުވާ ދެމުންދާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީގައި ތިން މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

comment ކޮމެންޓް