އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކަށް އިންޑިއާ

ވީއައިއޭގައި ތިބި ފަތުރުވެރިން-- ސަން ފޮޓޯ

ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރިއަށް އިންޑިއާ ޖެހިލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދާ ހަމައަށް އިންޑިއާއިން 32،970 ފަތުރުވެރިން މިއަހަރު ރާއްޖެއަށް އައިސްފައިވެ އެވެ.

ލިސްޓުގެ ދެވަނައިގައި އޮތީ ރަޝިއާ އެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް 32،019 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. އިއްޔެއާ ހަމައަށް އެންމެ ގިނަ ފަތުރުވެރިން އައީވެސް ރަޝިއާއިންނެވެ.

އެންމެ ގިނަ ޓޫރިސްޓުން އައި ފަސް ގައުމު؛

  • އިންޑިއާ: 32،970
  • ރަޝިއާ: 32،019
  • ޔޫކްރެއިން: 10،178
  • ކަޒަކިސްތާން: 6،788
  • ރުމޭނިއާ: 6،154

އިއްޔެއާ ހަމައަށް މިއަހަރު 151،113 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފަ އެވެ.

އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 3،000 އެއްހާ ޓޫރިސްޓުން އަންނަ ކަމަށް މިނިސްޓްރީގެ ހިސާބުތައް ދައްކަ އެވެ.

މިވަގުތު ޓޫރިސްޓުންނަށް ހިދުމަތްދޭ 646 ފެސިލިޓީ ހިންގަމުންދާއިރު އެއީ ޖުމްލަ 44،277 އެނދެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޓާގެޓަކީ މި އަހަރުގެ ތެރޭ 1.5 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށެވެ.

comment ކޮމެންޓް