10 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު އަޅަނީ

އެންވަޔަރަމަންޓް މިނިސްޓްރީން 10 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމު ކުރުމަށް އެ ރަށްރަށުގެ ކައުންސިލްތަކާއެކު ފަހުމުނާތަކުގައި ސޮއިކޮށްފި އެވެ.

މިއީ އެންވަޔަރަމަންޓް މިނިސްޓްރީގެ މިއަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީގެ ދަށުން ހިންގަން ރާވާފައިވާ މަޝްރޫއުތަކެކެވެ.

ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރުމަށް މިއަދު ސޮއިކުރި ކައުންސިލްތަކަކީ:

  • ހއ. އިހަވަންދޫ
  • ހއ. ދިއްދޫ
  • ހއ. ވަށަފަރު
  • ހއ. އުތީމު
  • ހދ. ނައިވާދޫ
  • ހދ. ހަނިމާދޫ
  • ހދ. ނޮޅިވަރަންފަރު
  • ހދ. ނެއްލައިދޫ
  • ށ. ނަރުދޫ
  • ގދ. ތިނަދޫ

މި އަހަރުގެ ބަޖެޓުގައި މި މަޝްރޫއުތަކަށް ޖުމުލަ 9.1 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

މި މަސައްކަތް ކުރުމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީން ކައުންސިލްތަކަށް ޓެކްނިކަލް ލަފާ އަރުވާނެ އެވެ.

މި މަސައްކަތުގެ ޓެންޑެރިން މަސައްކަތް ކުރާނީ އެ ރަށެއްގެ ކައުންސިލަކުންނެވެ.

comment ކޮމެންޓް