އެންޒީ "ވަރަށް ފައްކާ" ޕްރޮމޯޝަންގެ ގްރޭންޑް ލަކީޑްރޯ މަދާމާ ރޭ ނެގުމަށް ހަމަޖައްސައިފި އެވެ.
އެންސިސް ފިޝަރީޒްއިން ބުނީ އެ ޕްރޮމޯޝަންގެ ގްރޭންޑް ލަކީޑްރޯ މާދަމާ ރޭ 9:00ގައި ޓީވީއެމްއިން ވަގުތުން ދައްކާނެ ކަމަށެވެ.
އެ ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 31 ޑިސެމްބަރު2020ގެ ނިޔަލަށެވެ.
މާޗު މަހުން ފެށިގެން އޮކްޓޫބަރު މަހާ ހަމައަށް ހޮވުނު ނަސީބުވެރި ފަރާތްތަކަށް ފައިސާގެ އިނާމު މީގެ ކުރިން ވަނީ ހަވާލުކޮށްފަ އެވެ.
މާދަމާ ރޭ ނަގާ ލަކީޑްރޯގައި މުޅި އެ ޕްރޮމޯޝަންގެ ނަސީބުވެރި ތިން ފަރާތުގެ އިތުރުން މިދިޔަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ނަސީބުވެރި ފަރާތްތައް ވެސް ހޮވާނެ އެވެ.
ގްރޭންޑް ލަކީޑްރޯގެ އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެކެވެ.
ދެވަނައަށް ހޮވޭ ފަރާތަކަށް ބައިލައްކަ ރުފިޔާ ލިބޭއިރު، ތިންވަނައަށް ހޮވޭ ފަރާތަކަށް ކަނޑައަޅާފައިވަނީ 30،000 ރުފިޔާ އެވެ.
އެންޒީއިން ބުނީ ލަކީޑްރޯ ކުރިން ނަގަން ރޭވި ނަމަވެސް، ކޮވިޑް19 ޕެންޑެމިކްގެ ސަބަބުން އެ ލަކީޑްރޯ ފަސްކުރަން ޖެހުނީ ކަމަށެވެ.