ސާޖިދަށް ލިބުނު އެވޯޑު ހާއްސަކުރީ ސުޝާންތަށް

ޗިޗޯރޭ ގައި ސުޝާންތު ފެނިގެންދާ ގޮތް---

ދެހާސް ނަވާރަ ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ޗިޗޯރޭ" އިން ޕްރޮޑިއުސަރު ސާޖިދު ނަޑިއަދުވާލާ އަށް ލިބުނު އެވޯޑު އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތަށް ހާއްސަކޮށްފި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވި އެކްޓަރު ސުޝާންތަކީ "ޗިޗޯރޭ"ގައި ލީޑު ރޯލު ކުޅުނު ފިރިހެން ބަތަލެވެ. މި އެވޯޑަކީ ނިކަލޯޑިއަން ކިޑްސް ޗޮއިސް 2020 އިން ސާޖިދަށް ލިބުނު އެވޯޑެކެވެ.

"މި އެވޯޑަކީ ހަމަ ސުޝާންތަށް ހާއްސަ އެވޯޑެއް. އަހަރެމެން ވަރަށް ލޯބިވޭ ސުޝާންތު ދެކެ،"

ޗިޗޯރޭއަކީ ހޮސްޓެލެއްގައި އެކުގައި އުޅުުނު ރަހުމަތްތެރިންގެ ވާހަކަ ކިޔަދޭ ފިލްމެކެވެ. މި ފިލްމަކީ 100 ކުރޯޑުގެ އާމްދަނީ އެއް ސުޝާންތުގެ ފިލްމަކަށް ލިބުނު ދެ ވަނަ ފަހަރެވެ.

comment ކޮމެންޓް