ތޮއްޑޫގައި ސައިކަލެއް ރޯކޮށްލައިފި

ތޮއްޑޫގައި ސައިކަލެއްގައި ރޯކޮށްލާފައި

ރޭ ދަންވަރު އއ. ތޮއްޑޫގައި ސައިކަލެއްގައި ރޯކޮށްލައިފި އެވެ.

ފުލުހުނަށް އެ މައްސަލަ ހުށަހަޅާފައިވަނީ، ރޭ ދަންވަރު 12:44 ގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލު މީޑިއާ އޮފިޝަލް ހާމައެއް ނުކުރައްވައެވެ.

ތޮއްޑޫ ކައުންސިލް މެމްބަރު އައިޝަތު އާދަމް "ސަން"އަށް ވިދާޅުވީ، އެ ސައިކަލުގައި ރޯކޮށްލީ ކީއްވެގެން ކަމެއް އަދި ސާފު ނުވާ ކަމަށެވެ.

"ވެރިފަރާތަކަށްވެސް ނޭނގެ ކޮން ބައެއް ކުރި ކަމެއް ކަން. ޝައްކު ކުރެވޭ ބައެއްވެސް ނެތް،" އޭނާ ވިދާޅުވި އެވެ.

އެ ސައިކައިލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ.

comment ކޮމެންޓް