ބިލެތްފަހި ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

ބިލަތްފަހި ބަނދަރުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެމްޓީސީސީ

ށ. ބިލެތްފަހި ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތްކުރާ އެމްޓީސީސީ އިން ބުނީ ބިލަތްފަހީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުނ އެރަށު ބަނދަރު ފުންކުރުމުގެ މަސައްކަތް ފެށީ އިއްޔެ ކަމަށެވެ.

މުޅި އެ މަޝްރޫއަށް 31.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބިލެތްފަހި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މި 24،125 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،150 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

comment ކޮމެންޓް