ރެފިއުޖީން ގެނައުމަށް ތާއިދުކުރާ ޖަރުމަނުގެ ސިޔާސީ މީހަކު މަރާލި މީހަކު އުމުރަށް ޖަަލަށް

އިޓަލީގެ ސިޔާސީ މީހަކު މަރާލި ސްޓެފަން އާނަސްޓް--

ރެފިއުޖީން ގެނައުމަށް ތާއިދުކުރާ ޖަރުމަނުގެ ސިޔާސީ މީހަކު މަރާލި މީހެއް ކަމަށްކަމަށްވާ ސްޓެފަން އާނަސްޓް އުމުރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ޖަރުމަނުގެ ކްރިސްޓިއަން ޑިމޮކްރެޓިކް ޕާޓީގެ ރީޖަނަލް ގަވަރުނަރެއް ކަމަށްވާ ވޯލްޓާ ލޫބްކޭ މަރާލީ 2019 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރުން 65 އަހަރެވެ.

ވޯލްޓާ ވަނީ 2015 ވަނަ ޖަރުމަނަށް މިލިއަނެއްހާ ރެފިއުޖީން ގެނައުމަށް އެގައުމުގެ ޗާންސެލާ އެންޖަލާ މާކެލް ގެންގުޅުއްވި ސިޔާސަތަށް ވަރަށް ބޮޑަށް ތާއިދުކުރައްވައިފައެވެ. އަދި މިއީ ކްރިސްޓިއަނުންގެ ކިބައިގައި ހުންނަން ޖެހޭ ސިފައެއް ކަަމަށްވެސް ވިދާޅުވެފައެވެ.

އާނަސްޓް ވަނީ ވޯލްޓާ މަރާލިކަމަށް އެއްބަސްވެފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އެގައުމުގައި ހައްދު ފަނަހައަޅާފައިވާ ކަނާތު ފިޔަައިގެ ހަރުކަށި މީހަކު ސިޔާސީ މީހަކު މަރާލި ފުރަތަމަ ފަހަރެވެ.

ކޯޓުގައި އާނަސްޓް ވަނީ ވޯލްޓާގެ ހުވަފެން އަނބިކަނބަލުންނާއި ދަރިންގެ ކިބައިން މާފަށްވެސް އެދިފައެވެ.

ވޯލްޓާގެ މަރުގެ މައްސަަލައިގައި އެހެން މީހެއްގެ މައްޗަށްވެސް ދައުވާ އުފުލިއެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ.

comment ކޮމެންޓް