ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ޑިޕާޓްމަންޓުގެ ވެރިއަކަށް ހޫދު

އިބްރާހިމް ހޫދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިޔުނިކޭޝަންސް ކަންތައް ބެލެހެއްޓުމުގެ އިސްވެރިޔަކަށް އިބްރާހިމް ހޫދު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތައް ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހީމް ހޫދާ ރައީސް ހަވާލު ކުރެއްވީ މިއަދު ކަމަށެވެ.

މި ބަދަލާއެކު، ކޮމިއުނިކޭޝަންސް އޮފީހުގެ ހުރިހާ މަސައްކަތްތައް ބަލަހައްޓާ. ވިލަރެސްކުރާނީ ހޫދުގެ ބެއްލެވުމުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނެވީ ރައީސް އޮފީހުގެ ސެކްރެޓަރީ، ކޮމިއުނިކޭޝަންސްގެ މަގާމުހައި ހުންނެވި ހަސަން އިސްމާއިލް، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހޫދަކީ އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މީގެކުރިން، ފޮރިން މިނިސްޓްރީގެ ތަފާތު ފެންވަރުގެ މަގާމުތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަސެކްރެޓަރީކަމުގެ މަގާމުވެސް ހޫދު ވަނީ ފުރުއްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނަކަށް ވެސް މީގެ ކުރިން ހުންނެވީ ހޫދެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް މިފަހުން ވަނީ މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ރައީސް އައްޔަން ކުރައްވައިފަ އެވެ.

comment ކޮމެންޓް