އަކްޝޭގެ "ބައްޗަން ޕާންޑޭ" އަންނަ އަހަރުގެ ޖަނަވަރީ މަހު

ފިލްމުގައި އަކްޝޭ ފެނިގެންދާ ގޮތް---

ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރު އާ ބަތަލާ ކްރިތީ ސެނަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބައްޗަން ޕަންޑޭ" ރިލީޒްކުރާ ދުވަސް އިއުލާންކޮށްފިއެވެ.

ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާންކުރަމުން އަކްޝޭ އިންސްޓަގްރާމް ކުރި ޕޯސްޓެއްގައި ބުނީ ބައްޗަން ޕާންޑޭގެ އެންމެ ފެނިލުމަކުން ވެސް ފުދޭނެ ކަމަށެވެ. އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ އާ ޕޯސްޓަރެއް ވެސް އަކްޝޭ ވަނީ ހިއްސާކޮށްފައެވެ.

ބައްޗަން ޕާންޑޭ އަކީ 2014 ގައި ރިލީޒްކުރި ތަމަޅަ ފިލްމު "ވީރަމް" ގެ ރިމޭކެކެވެ. އެ ފިލްމަކީ ދުޝްމަނުންގެ ކިބައިން އާއިލާ ހިމާތްކުރަން މަސައްކަތްކުރާ ހިތްހެޔޮ މީހެއްގެ ވާހަކަކިޔައިދޭ ފިލްމެކެވެ. އަކްޝޭ ގޭންގް ސްޓާރެއްގެ ރޯލުން ފެނިގެންދާއިރު މި ފިލްމުގައި ކްރިތީ ފެނިގެންދާނީ ނޫސްވެރިއެއްގެ ރޯލުންނެވެ. މި ފިލްމުގެ ރޯލަކުން ބަތަލާ ޖެކަލީން ފާނަންޑޭޒް ވެސް ފެނިގެންދާނެއެވެ.

comment ކޮމެންޓް