އެންމެ ބޮޑު ހަނަފަސް ސަހަރާއަށް ގަނޑުފެނުގެ އަސަރު

އަލްޖީރިޢާގެ ސަހާރާގައި ސްނޯއާއި ގަނޑުފެން -- ފޮޓޯ: ކަަރިމް /އިންސްޓަގްރާމް

ދުނިޔޭގެ އެންމެ ބޮޑު އެއް ހަނަފަސް ސަހަރާގެ ސަރަހައްދެއް އަނެއްކާވެސް ސްނޯ އާއި ގަނޑުފެނުން ފުރިއްޖެ އެވެ. މިއީ މި ވޭތުވެދިިޔަ 50 އަހަރުތެރޭގައި މި ސަހަރާއަށް އައިސްގެ އަސަރު ކުރި ހަތަރުވަނަ ފަހަރެވެ.

އެފްރިކާ ބައްރުގައި އޮންނަ ސަހާރަން ޑެޒާޓްގެ ބޮޑު މިނުގައި ގާތްގަނޑަކަށް 9 މިލިއަން ސްކޮޔާ ކިލޯމީޓަރު ހުރެ އެވެ. މި ސަހަރާއަކީ ދުނިޔޭގެ އެންމެ ހޫނުގަދަ ސަރައްހއްދުތަކުގެ ތެރޭގައި ހިމެނޭ ތަނަކަށްވާއިރު، އައިސްގެ އަސަރު ފެނިފައިވަނީ މި ސަހާރާގެ އަލްޖީރިއާގެ ހުޅަނގު އުތުރުން މޮރޮކޮން ބޯޑަރާއި ހިސާބަށެވެ.

މީޑިއާތަކުގެ ސަމާލުކަމަށް މިކަން އައިސްފައިވަނީ އަލްޖީރިއާގެ ފޮޓޯގްރާފަރެއް އޭނާގެ އިންސްޓަގްރާމުގައި އައިސް ކްރިސްޓަލްސްއާއި ސްނޯއިން ފުރިފައި ހުރި ސަހާރާގެ ފޮޓޯތައް ޕޯސްޓް ކުރުމުންނެވެ.

ސްނޯއާއި ގަނޑުފެނުން ފުރި ފިނިހޫނުމިން މިވަނީ މައިނަސް ތިން ޑިގްރީސް އަށް ވެއްޓިފަ އެވެ.

ކަނޑުގެ ލޮނުގަނޑަށްވެސް 1000 މީޓަރު އުސް މި ސަހާރާގެ ފިނިހޫނުމިން މި ސްނޯތަކާއި އެކު މައިނަސް 3 ޑިގްރީއަށް ވަނީ ވެއްޓިފަ އެވެ.

މިފަދައިން ހަނަފަސް ސަހަރާއެއްގައި ގަނޑުފެން ނުވަތަ ސްނޯ ހުރުމަކީ އާދަޔާޚިލާފު ކަމަކަށްވިޔަސް ވުން ނާދިރު ކަމެއް ނޫނެވެ. މި ހިނގާ ޖެނުއަރީމަހުގެ 13 ގައި ގަނޑުފެނާއި ސްނޯ މި ސަހާރާގައި ފެންނަން ހުރި ފޮޓޯތައް ވައިރަލްވިއިރު މީގެ ކުރިން 1979، 2016 އަދި 2018 ގައިވެސް މިފަދައިން ކަން ހިނގާފައިވާކަމަށް ރިކޯޑްކުރެވިފައި ވެއެވެ.

އަދި ރިޕޯޓުތައް ބުނާގޮތުން ކުރީ ފަހަރުތަކުގައި ގަނޑުފެނާއި، ސްނޯގެ އަސަރުކޮށްފައިވަނީ މި ފާއިތުވި ހަފްތާއަށްވުރެ މާ ބޮޑަށެވެ. 2018 ވަނަ އަހަރު އެކަނިވެސް 15 އިންޗީގެ ސްނޯ ރެކޯޑްކުރެވުނުއިރު، 2016 ގައި ބައެއް ސަރަހައްދުތަކުގައި 3 ފޫޓަށްވެސް ސްނޯއާއި ގަނޑުފެން ރިކޯޑް ކުރެވިފައި ވެއެވެ.

comment ކޮމެންޓް