ކ. ހިންމަފުށި ކައިރީގައި އޮންނަ ރިސޯޓެއް ކަމަށްވާ ގިލިލަންކަންފުށިން އެ ތަނާ ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރު ކެނޑި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް "ސަން" އަށް ވިދާޅުވީ އެ ފިނޮޅަކީ އެ ރިސޯޓުގެ މިލްކުވެރިކަން އޮންނަ ތަނެއްވެސް ނޫން ކަމަށާއި އަދި އެ ރިސޯޓުން އެ ފިނޮޅަށް ގޮސް އެތަނުގައި ކޯރު ކަނޑާ ހަދަން ފެށުމުން ހިންމަފުށީގެ ބަޔަކު ގޮސް އެކަން ހުއްޓުވާފައިވާ ކަމަށެވެ. އަދި މިހާރު އެ ފިނޮޅަށް ފަސް އަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވެސް އޭރު ފިނޮޅުގައި ހުންނެވި. ދެން އެކަމަކު މިހާރު ބުނަނީ އެކަން ސުލްހަވެރިކަމާއެކު ހައްލުކުރަން ބޭނުންވާ ކަމަށް،" ޝާން ވިދާޅުވި އެވެ.

ފިނޮޅަށް ދިޔަ ރިސޯޓް މުވައްޒަފުން ލޯންޗުގައި--
ފިނޮޅު ފަދަ ތަންތަނަށް އެއްވެސް ބަދަލެއް ގެނެވޭނީ އެކަމާ ގުޅޭ އެންވާރަަމަންޓަލް އެސެސްމަންޓްގެ އިންސްޕްކެޝަންތައް ހަދައި އެންވަޔަރަަމަންޓަލް ޕްރޮޓެކްޝަން އޭޖެންސ (އީޕީއޭ)އިން އެކަމަށް ހުއްދަ ދިނުމުންނެވެ. އަދި ހުއްދަ ނެތި އެފަދަ ކަމެއް ކޮށްފިނަމަ ބޮޑު އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އޮވެއެވެ.
ޝާން ވިދާޅުވީ މިއަދު ހިނގި ހާދިސާ މިހާރު އީޕީއޭއަށާއި ފުހުންނަށްވެސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.