ކާތިކްގެ "ދަމާކާ" ދައްކާނީ ނެޓްފްލިކްސް އިން؟

އެކްޓަރު ކާތިކް އާރްޔަން---

ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ޑިމާންޑް ބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ކާތިކް އާރްޔަންގެ ކުރިއަށް އޮތް ފިލްމު "ދަމާކާ" ޑިޖިޓަލް ޕްލެޓްފޯމަކުން ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

ޚަބަރުތައް ބުނާ ގޮތުގައި ޑައިރެކްޓަރު ރާމް މަދުވާނީ ބޭނުންވަނީ މި ފިލްމު ޑިޖިޓަލް ޕްލެޓްފޯމަކުން ރިލީޒްކުރަން ކަމަށާއި އަދި މި ފިލްމު ނެޓްފްލިކްސްގައި ސްޓްރީމްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ފިލްމު ނެޓްފްލިކްސްގައި ސްޓްރީމްކުރުމުގެ ވާހަކަތައް ދެކެވެމުން އަންނަ ކަމަށާއި ވަކި ގޮތެއް ނިންމޭނީ ހަފްތާގެ ފަހުކޮޅުކަމަށް ޚަބަރުތައް ބުނެ އެވެ.

ދަމާކާ ވެގެންދާނީ ކާތިކްގެ މިއަހަރުގެ ފުރަތަމަ ފިލްމަށެވެ. އެ ފިލްމުގައި ކާތިކް ފެންނާނީ ވަރުގަދަ ނޫސްވެރިއެއްގެ ރޯލުންނެވެ. ކޮރެއާ ފިލްމު "ދަ ޓެރާ ލައިވް" އަސްލަކަށް ބަލައިގެން ގެނެސްދޭ މި ފިލްމަކީ ތްރިލާ ޖޯންރާ އަށް ތައްޔާރުކުރާ ފިލްމެކެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައެއްނުވެ އެވެ. އެކްޓަރު ކާތިކްގެ ކުރިއަށް ހުރި ފިލްމު ތަކުގެ ތެރޭގައި "ބޫލް ބުލައްޔާ 2" އަދި "ދޯސްތާނާ 2" ހިމެނެެއެވެ.

comment ކޮމެންޓް