ސުޝާންތުގެ "ކައި ޕޯ ޗޭ'"ގެ ލަވަ އިިވުމުން އަދިވެސް ހީބިހި ނަގާކަމަށް އަންކިތާ ބުނެފި

ސުޝާންތުގެ "މާންޖާ" ލަވައަށް އަންކިތާ ވީޑިއޯ ކޮޅެއް ހަދާފައި---

ބޮލީވުޑްގެ ޒުވާން އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތުގެ "ކައި ޕީ ޗޭ"ގެ "މާންޖާ"ލަވަ އިވުމުން އަދިވެސް ހީބިހި ނަގާކަމަށް އޭނާގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ ބުނެފިއެވެ.

މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވި އެކްޓަރު ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ވަނީ އެ ލަވައަށް ވީޑިއޯކޮޅެއް ހެދުމަށްފަހު އާންމުންނަށް ދޫކޮށްލާފައެވެ. މަޑި އަރުވާ މަންޒަރު އެ ވީޑިއޯކޮޅުން ފެންނައިރު އެ ވީޑިއޯ އަކީ އޭނާ އަށް ވަރަށް ހާއްސަ ވީޑިއޯ ކޮޅެއް ކަމަށް އަންކިތާ ބުންޏެވެ.

އަންކިތާ ބުނީ އެ ލަވައަކީ އޭނާ އަށް ހާއްސަ ލަވައެއްކަމަށާއި އަދިވެސް އެ ލަވައިވުމުން ގައިން ހީބިހި ނަގާ ލަވައެއް ކަމަށެވެ. އަދި އެ ލަވައަކީ އެތައް ހަނދާންތަކާ ގުޅި ލާމެހިފައިވާ ލަވައެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ހަތް އަހަރު ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންކިތާ އާ ސުޝާންތުގެ ގުޅުން ނިމުމަކަށް އައީ 2016 ވަނަ އަހަރުގައެވެ. ސުޝާންތު މަރުވުމާއެކު އެންމެ އަސަރުކުރި އެކަކީ ވެސް އަންކިތާއެވެ. ސުޝާންތު އާ އެއްކޮޅަށް ވާހަކަ ދެއްކި ތަރިންގެ ތެރޭގައި އަންކިތާ ހިމެނެއެވެ.

comment ކޮމެންޓް