ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް އުނި އިތުރެއް ނުގެނޭ

ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓަށް ބަދަލު ނުގެނެސް އެ ލިސްޓު ދަމަހައްޓަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓު ޖަމާއަތްތަކާއި ހަނގުރާމަވެރި ލިސްޓެއް އެކުލަވާލައި ރައީސް އޮފީހުން އާންމު ކުރަން ޖެހެ އެވެ. އަދި ކޮންމެ އަހަރަކު އެއްފަހަރު އެ ލިސްޓު މުރާޖާކުރަންވެސް ޖެހެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙިމް ހޫދު މިއަދު "ސަން" އަށް ވިދާޅުވީ، ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ލަފައާއެކު ލިސްޓު މުރާޖާކުރުމަށްފަހު، އެ ލިސްޓް ދެމެހެއްޓުމަށް ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

ޓެރަރިޒަމްގެ ގާނޫނަށް އަމަލު ކުރަން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ރައީސް އޮފީހުން ފުރަތަމަ ލިސްޓް އާންމު ކުރީ، ސެޕްޓޭމްބަރު 2019ގައެވެ. އެގޮތުން ޓެރަރިސްޓް ޖަމާއަތުގެ ގޮތުގައި 19 ޖަމާއަތެއް މިހާރު ވަނީ ކަނޑައާޅާފައެވެ. އަދި ހަނގުރާމަވެރި ސަރަހަދެއްގެ ގޮތުގައި މުޅި ސީރިއާ ވަނީ ކަނޑައަޅާފައެވެ.

https://sun.mv/126646

comment ކޮމެންޓް