ޝަރުތުތަކަކާއެކު ބްރިޓިޝް އެއާވޭސް އަށް ލޯނެއް

ބްރިޓިޝް އެއާވޭޒްގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި --- ފޮޓޯ/ އެމްއޭސީއެލް

އިނގިރޭސިވިލާތުގެ ފްލެގް ކެރިޔާ، ބްރިޓިޝް އެއާވޭސްގެ ލިކުއިޑިޓީ ހަރުދަނާކޮށް، އޮޕަރޭޝަންސްތައް ވަރުގަދަކުރުމަށް އެ އެއާލައިނަށް ލޯނެއް ދީފިއެވެ.

ބްރިޓިޝް އެއާވޭސްގެ ޕޭރެންޓް ކުންފުނި، އިންޓަނޭޝަނަލް އެއާލައިންސް ގްރޫޕުން ބުނީ ސަރުކާރުން ހެރެންޓީ ދީގެން ބްރިޓިޝް އެއާވޭސްއަށް ދެ ބިލިއަން ޕައުންޑުގެ ލޯނެއް ދޫކޮށްފައިވަނީ ޔުކޭ އެކްސްޕޯޓް ފައިނޭންސް އިން ކަމަށެވެ.

މި ލޯނު ބޭނުންކުރާނީ އެ އެއާލައިނުގެ އޮޕަރޭޝަންތައް ހަރުދަނާ ކުރުމަށް ކަމަށާއި 2021 ވަނަ އަހަރަކީ އެއާލައިން އިންޑަސްޓްރީ އަށް މިދިޔަ އަހަރު ދިމާވި ވަޅުގަނޑުން އަރައިގަނެވޭނެ އަހަރަށް ވާނެކަމަށް ލަފާކުރެވޭއިރު، މި ފައިސާ އިން އިންޑަސްޓްރީގެ ރިކަވަރީއާއެކު ބްރިޓިޝް އެއާވޭސް އަށް ފައިދާ ވާނެ ކަމަށް އިންޓަނޭޝަނަލް އެއާލައިންސް ގްރޫޕުން ބުންޏެވެ.

މި ލޯނު އެ އެއާލައިނަށް ދީފައުވަނީ، ޕޭރެންޓު ކޮމްޕެނީ އަށް ދައްކަންޖެހޭ ޑިވިޑެންޓް، ލޯނުގެ މުއްދަތުގައިވެސް ދޭގޮތަށެވެ.

މިހާރުވެސް އިންޓަނޭޝަަލް އެއާލައިންސް ގްރޫޕުން ހިންގާ އެއާލައިންތަކުގެ ލިކުއިޑިޓީ ހަރުދަނާ ކުރުމަށް ފައިނޭންސިން ފެސިލިޓީތަކުގެ އެހީ ހޯދަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ޔޫކޭ އެކްސްޕޯޓު ފައިނޭންސް އިން ދޫކުރި ދެ ބިލިއަން ޕައުންޑު ނުލާބވެސް، އަށް ބިލިއަން ޕައުންޑުގެ ފެސިލިޓީ ލިބިފައިވާ ކަމަށާއި އެ ކުންފުނިން ހިންގާ އެހެން އެއާލައިނުތަލުގެ ކުރިއެރުމަށްވެސް އެ ފައިސާ ބޭނުންކުރާނެ ކަމަށް ބުނެފައިވެއެވެ.

ބްރިޓިޝް އެއާވޭސްގެ އެންމެ ބޮޑު ވާދަވެރި އެއާލައިން، ވާޖިން އެޓްލާންޓުކުން ވަނަ މިދިޔަ 20220 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ރިލީފް ޕެކޭޖެއް ހޯދައި، ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުުމުގެ މަސައްކަތް ފަށައިފައެވެ.

comment ކޮމެންޓް