އަސްތާ! ބަންސާލީގެ "ހީރާ މަންޑީ" އަށް ވަރުގަދަ ކާސްޓެއް

ބަންސާލީ ގެ "ހީރާ މަންޑީ" އިން ފެނިގެންދާ ތަރިން---

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އޭނާގެ ޑްރީމް ޕްރޮޖެކްޓް "ހީރާ މަންޑީ"ގެ މަސައްކަތް ފަށައިފިއެވެ.

ބޮލީވުޑްގެ "އޭ ލިސްޓު" ތަރިން ހިމަނައިގެން އުފައްދާ މި ފިލްމުގައި މަޝްހޫރު ގިނަ ތަރިންތަކެއް ހަރަކާތްތެރިވާނެ ކަމަށް ޚަބަރުތައް ބުނެއެވެ. ބަންސާލީ އާ ވިޕޫ ޕޫރީ އެކުވެގެން އުފައްދާ އެ ފިލްމުގެ ލީޑަށް ވަނީ ކުޅަދާނަ ތަރި އާލިއާ ބަޓް ނަގާފައެވެ.

އާލިއާގެ އިތުރުން މި ފިލްމުން ފެނިގެންދާ ވަރުގަދަ ތަރިންނަކީ މާދުރީ ޑިކްސިޓް، ދީޕިކާ ޕަދުކޯން، އައިޝްވާރިޔާ ރާއީ އަދި ޕަރިނީތީ ޗޯޕްޅާއެވެ. އަދި މި ތަރިންގެ އިތުރުން ވިދްޔާ ބާލަން އާ މަނީޝާ ވެސް ފިލްމުން ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

މި ފިލްމަކީ ލާހޯރުގައި ހަށިވިއްކައިގެން އާމްދަނީ ހޯދަން އުޅުނު އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ފިލްމު އަދި ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް މި ފިލްމަކީ ބަންސާލީ މީގެ 13 ވަރަކަށް އަހަރުކުރިން ފަށައިގެން ވެސް ހަދަން ގަސްތުކޮށްގެން ހުރި ފިލްމެކެވެ.

comment ކޮމެންޓް