2021 ގައި ޔޫކޭ ފަތުރުވެރިން އެންމެ އަންނަން ބޭނުންވަނީ ރާއްޖެއަށް: ދިރާސާ

ރާއްޖޭގެ ކްލަބް މެޑް ކަނި ރިސޯޓު --

މި ފެށޭ 2021ވަނަ އަހަރު އިނގިރޭސިވިލާތުގެ ފަތުރުވެރިން އެންމެ ދާން ބޭނުންވާ މަންޒިލަކީ ރާއްޖެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ކްލަބް މެޑުން ކުރި މި ދިރާސާގެ ނަތީޖާ ބިނާކޮށްފައިވަނީ ގޫގްލްގެ ސާޗް ޑޭޓާއަށެވެ.

އެ ދިރާސާ ކުރިއަށްގެންދިޔަ މުއްދަތުގައި ޔޫކޭގެ އެންމެ ގިނަ މީހުން (2،960 މީހުން) ސާޗް ކޮށްފައިވަނީ ރާއްޖެ އެވެ. އަދި ރާއްޖެއަށްފަހު ދެން އެންމެ ގިނައިން ސާޗުކުރި މަންޒިލްތަކަކީ މެކްސިކޯ (29،30 މީހުން) އާއި ތައިލެންޑް (1،600 މީހުން) އެވެ.

ޔޫކޭ ފަތުރުވެރިންގެ މެދުގައި ޔޫރަޕުގެ މަންޒިލްތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ ތުރުކީ (1،300 މީހުން)، ސްޕެއިން (880 މީހުން) އަދި މޯލްޓާ (720 މީހުން) އެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި މިއަހަރު ޔޫކޭ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކީ ގްރީސް އެވެ. ގްރީސް ބަލައިލަން 74،500 މީހުން ގޫގްލް ސާޗްކުރިއިރު، 74،200ގެ ސާޗް ވޮލިއުމްއަކާއެކު ރާއްޖެއަށް ލިބެނީ ލިސްޓުގެ ދެވަނަ އެވެ. އަދި ތިންވަނައިގައި އޮތް ތުރުކީއާ ގުޅޭގޮތުން 74،000 މީހުން ސާޗްކޮށްފައިވެ އެވެ.

މުޅި ދުނިޔެއަށް ވެސް ކޮވިޑް19 ޕެންޑެމިކް ކުރިމަތިވެފައިވާއިރު، ބައެއް ގައުމުތަކަށް ދަތުރުކުރުމުގައި އަދިވެސް ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ.

ޕެންޑެމިކްއާ ގުޅިގެން ރާއްޖޭގެ ބޯޑަރުވެސް މިއަހަރުގެ މާޗު މަހުގެ ފަހުކޮޅުގައި ބަންދުކުރުމަށްފަހު އަލުން ހުޅުވާލީ ޖުލައި 15ވަނަ ދުވަހުގަ އެވެ.

comment ކޮމެންޓް