ޓޫރިޒަމަށް އިތުރު ހަތަރު ރަށް ދޫކުރަނީ

ރާއްޖޭގެ ރަށްތަކެއް--- ފޮޓޯ/ ވިޒިޓް މޯލްޑިވްސް

ފަތުރުވެރިކަމަށް ރާއްޖޭގެ ހަތަރު އަތޮޅަކުން ރަށް ދޫކުރަން ޓޫރިޒަމް މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ.

އެ މިނިސްޓްރީން ބުނީ ހަތަރު އަތޮޅުގެ ތެރެއިން ކޮންމެ އަތޮޅަކުން ރަށެއް (ޖުމުލަ ހަތަރު ރަށް) ފަތުރުވެރިކަމަށް ތަރައްގީކުރަން ހުޅުވާލާނެ ކަމަށެވެ.

އެއީ ކޮން އަތޮޅުތަކެއްގެ ރަށްކަން އިއުލާނު ކުރާނީ މިމަހުގެ 27 ވަނަ ދުވަހުގަ އެވެ.

ސަރުކާރުން މީގެ ކުރިން ވެސް ފަތުރުވެރިކަމަށް ދޫކުރާ 29 ރަށެއް ވަނީ އިއުލާނުކޮށްފަ އެވެ. އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މަގާމުގައި ހުންނެވިއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

އެފަހަރު އިއުލާނުކުރި 29 ރަށަކީވެސް "ވަން އައިލެންޑް، ވަން ރިސޯޓު" ކޮންސެޕްޓުގެ ދަށުން މުޅިން އަލަށް ފަތުރުވެރިކަމަށް ދޫކުރާ ރަށްރަށެވެ.

އެ 29 ރަށް ތަރައްގީކޮށް ނިމޭއިރު، ފަތުރުވެރިކަމުގެ ދާއިރާއިން 13،720 އެނދު އުފެއްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

https://sun.mv/129012

comment ކޮމެންޓް