އެސްޓީއޯ ބަސް ހުއްޓި ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލެއް

އެސްޓީއޯ ބަސް ހުއްޓި ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލު

މާލޭގެ ބައެއް މަގުތަކުގައި މިހާރު އެއްގަމު އުޅަނދު ދުއްވުމަށް ހަމަޖެހިފައިވާ އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ.

ކުރިން ވެސްޓު ޕާކު ހުރި ސަރަހައްދުގައި ތަރައްގީކުރި އެސްޓީއޯ ބަސް ޓާމިނަލެއް ހުޅުވައި ބަސް ރޫޓެއް ވަނީ އިތުރުކޮށްފަ އެވެ. މަލެ ސިޓީ ކައުންސިލުން ބުނީ އެއީ އާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތެއް ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އިއްޔެ އިން ފެށިގެން މާލޭގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ހަވީރީހިނގުން ކަނބާއައިސާރަނި ހިނގުމުން ފެށިގެން އިރުން ހުޅަނގަށް ބޮޑުތަކުރުފާނުމަގާއި ހަމައަށް އެއްކޮޅަށް ދުއްވާގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ކަނބާއައިސާރަނި ހިނގުން ބޮޑުތަކުރުފާނުމަގުން ފެށިގެން ހަވީރީހިނގުމާއި ހަމައަށް އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާގޮތަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން މާފަންނު އައްސޭރި ހިނގުން އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާގޮތަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ.

comment ކޮމެންޓް