އަގުހުރި އިނާމުތަކާއެކު ވެލިގާއާއި ބްލަންކްއިން "އާ ފެށުމަކަށް" ޕްރޮމޯޝަން

ވެލިގާ ހާޑްވެއާ އާއި ބްލަންކްގެ ފިހާރަތަކުން އާ އަހަރާ ދިމާކޮށް" އާ ފެށުމަކަށް"ގެ ނަމުގައި އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ވެލިގާ ހާޑްވެއާ އަދި ބްލަންކްގެ ފިހާރަތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް އަދި އިތުރަށް ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭނެ އެވެ.

މުޅި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރި ފަރާތަކަށް ހުށަހަޅާފައިވަނީ އެއްލައްކަ ރުފިޔާގެ ވައުޗަރެކެވެ. މި ވައުޗާ ބޭނުންކޮށްގެން ވެލިގާގެ ކޮންމެ ފިހާރައަކުންވެސް ވައުޗާގައިވާ އަދަދަށް ވިޔަފާރި ކުރެވޭނެ އެވެ.

މީގެ އިތުރުން ޕްރޮމޯޝަންގެ ތެރެއިން 1000 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ނަސީބުގެ ބުރު އަނބުރާލައިގެން ވަގުތުން އެތައް އިނާމެއް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފަ އެވެ. މިގޮތުން ލިބޭ އިނާމުތަކުގެ ތެރޭގައި ކަށިގަނޑު ސެޓް، ޕަވާ ބޭންކް، އެކްޝަން ކެމެރާ އަދި ނޯޓު ފޮތް ފަދަ އިނާމު ހިމެނެ އެވެ.

ވެލިގާ ހާޑްވެއާގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އިރުފާއު އަބްދުﷲ ވިދާޅުވީ އާފެށުމަކަށް ޕްރޮމޯޝަންގެ އެންމެ ބޮޑު ބޭނުމަކީ މިއަހަރަކީ ހުރިހާ ފަރާތްތަކަށްވެސް ތަފާތު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު އަހަރަކަށް ވުމާއެކު ހުއްޓުން އަރާފައި ހުރި މަސައްކަތްތަކަށް އާ ފެށުމެއް ހޯދައި ދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ ފިހާރަތަކުން ލިބޭނެ ގޭގެ މުށި ބަދަލުކޮށްލާ، ކޮޓަރި ރީތިކޮށްލާ، ބަދިގެ، ފަހާނާ އާ ކޮށްލުން ކަހަލަ ކަންކަން ކުރުމަށް ބޭނުންވާ ވަރަށް ގިނަ ސާމާނު. ނަސީބުވެރި ފަރާތަކަށް އަޅުގަނޑުމެން މި ހޯދާ ދެނީ މިކަހަލަ މަސައްކަތްތައް ނިންމާލެވޭނެ ފުރުސަތެއް." އޭނާ ވިދާޅުވި އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށެވެ.

ކުރިއަށް މިއޮތް 2021 ވަނަ އަހަރުވެސް ވެލިގާ ހާޑްވެއާ އަދި ބްލަންކްގެ ހިދުމަތް އިތުރަށް ފުރިހަމަކޮށް ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.

comment ކޮމެންޓް