ހިޔާ ފްލެޓް ލިބުނު މީހުންނަށް ވެލިގާ ހާޑްވެއާގެ ޚާއްސަ ޕެކޭޖެއް

ފޮޓޯ/ ވެލިގާ ހާޑްވެއާ

ހުޅުމާލޭ ދެވަނަ ފިޔަވެހީގައި އަޅާފައިވާ ހިޔާ ފްލެޓުތައް ލިބިފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ވެލިގާ ހާޑްވެއާ އާއި ބްލަންކް އިން ހާއްސަ ޕެކޭޖެއް ތާރަފް ކޮށްފިއެވެ.

މިއީ ފްލެޓަށް ބަދަލުވުމުގެ މަސައްކަތުގައި ކޮންމެހެން ބޭނުންވާނެ ހުރިހާ ސާމާނެއްހިމަނައިގެން އެކުލަވާފައިވާ 33،000 ރުފިޔާގެ ޕެކޭޖެކެވެ.

މި ޕެކޭޖުގައި ހިމެނޭ ތަކެތީގެ ތެރޭގައި ޓައިލްސް، ފާޚާނައަށް އަދި ބަދިގެއަށް ބޭނުންވާނެ ސާމާނު ހިމެނެއެވެ.

ޕެކޭޖުގައި ހިމެނޭ ސާމާނުގެ އިތުރުންވެސް ކަސްޓަމަރުން ބޭނުންނަމަ އެޑް-އޮންސް ގެ ގޮތުގައި ކަސްޓަމަރުންނަށް ބޭނުންވާ ތަކެތި ހާއްސަ އަގެއްގައި ލިބިގެން ދާނެއެވެ.

މި ޕެކޭޖަކީ އެންޓްރީ ލެވެލް ޕެކޭޖެއްކަމުން މި ޕެކޭޖުގައި ހިމެނޭނީ ސްޓޭންޑާޑުގެ ސާމާނެކެވެ.

އަދި މި ޕެކޭޖުގައިވާ ސާމާނުތައް ހައި އެންޑު ސާމާނަށް ބަދަލުކުރަން ބޭނުންވާ ކަސްޓާމަރުންނަށް އެފުރުސަތުވެސް ލިބިގެންދާނެ ކަމަށް ވެލިގާ ހާޑްވެއާ އިން ބުންޏެވެެ.

"މި ޕެކޭޖުން ފެލެޓަށް ވަނުމަށް ބޭނުން ވާނެ ހުރިހާ ސާމަނެއް ކަސްޓަމަރުންނަށް ލިބިގެން ދާނެ. އިތުރަށް ބޭނުންވާ ސާމާނާ އެކު ޕެކޭޖް ކަސްޓަމައިޒް ކުރުމުގެ ފުރުސަތުވެސް އޮންނާނެ. ޕެކޭޖުގެ އިތުރުން މިހާރު އަޅުގަނޑުމެން ވާނީ ހިޔާ ފްލެޓަށް ޚާއްސަ ކޮށްގެން އައިޓަމް ކެޓަލޮގެއް ވެސް ހަދާފަ. އެކި ރޭންޖުތަކުގެ ކަސްޓަރުންނަށް ބޭނުން ވާނެ ހުރިހާ ސާމާނެއް ކަސްޓަމަރުންނަށް މީގެން ބަލާލެވެން ހުންނާނެ،" ވެލިގާ ހާޑްވެއާގެ ކޯޕަރޭޓް ސޭލްސް މެނޭޖަރު މިފްޒާން މުހައްމަދު ވިދާޅުވިއެވެ.

ވެލިގާގެ ހުރިހާ ފިހާރަ އަކުންވެސް ކަސްޓަމަރުންނަށް މި ޕެކޭޖް ނެގޭނެ އިންތިޒާމު ހަމަ ޖެހިފައިވާ އިރު, މޯލްޑިވްސް އިސްލާމިކް ބޭންކް, އެމްއެފްއެލްސީ އަދި ބީއެމްއެލް ފައިނޭންސިން މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް ޕެކޭޖް ނެގޭނެއެވެ.

ކުރިއަށް އޮތް ހަ މަސް ދުވަހު އެ އެ ޕެކޭޖުން ތަކެތި ގަނެވޭނެ ކަމަށް ވެލިގާ ހާޑްވެއާ އިން ބުންޏެވެ.

comment ކޮމެންޓް