ނިޕޯން ބްރޭންޑުގެ ކުލައާއި ދަވާދު ދެން ވެލިގާއިން ލިބޭނެ!

ވެލިގާ ހާޑްވެއާއިން ނިޕޯން ބްރޭންޑުގެ ކުލައާއި ދަވާދު ވިއްކަން ފަށައިފިއެވެ.

ވެލިގާއިން ބުނީ އެ އުފެއްދުންތައް ވިއްކަން ފަށައިފައިވަނީ އެސްޓީއޯއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

މިހާރު ވެލިގާގެ ޖަނަވަރީމަގު ފިހާރައިންނާއި ހުޅުމާލޭ ފިހާރައިން ނިޕޯން ބްރޭންޑްގެ ކުލަ އާއި ދަވާދު އެސްޓީއޯއާ އެއްއަގެއްގައި ގަންނަން ލިބޭނެ ކަމަށް ވެސް ވެލިގާއިން ބުނެއެވެ.

އެ ކުންފުނިން ބުނީ މި ވަގުތު ދެ ފިހާރައިން ލިބުނު ނަމަވެސް ހުރިހާ ފިހާރައަކުން ވެސް މި އުފެއްދުންތައް ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށެވެ.

އެސްޓީއޯގެ ސްޓްރެޓީޖިކް ސޭލްސް މެނޭޖަރު އަބްދުލްމަޖީދު މުހައްމަދު ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމާއެކު ކަސްޓަމަރުން ބޭނުންވާ ޕްރޮޑަކްޓްތައް ފަސޭހަކަމާއެކު ވެލިގާގެ ފިހާރަތަކުން ވެސް ލިބޭނެ އިންތިޒާމު ހަމަޖެހުނީ ކަމަށެވެ. އެއާއެކު އުންމީދަކީ ނިޕޯން ޕެއިންޓް މާކެޓުގައި ފުޅާވުން ކަމަށް ވެސް ވިދާޅުވިއެވެ.

ވެލިގާގެ އެސިސްޓެންޓް ސޭލްސް މެނޭޖަރު މުހައްމަދު ރަމީޒް ވިދާޅުވީ ޕްރޮޑަކްޓް ރޭންޖަށް އިތުރުވި ޕްރޮޑަކްޓާއެކު ކޮންސްޓްރަކްޝަން ސޮލިއުޝަންތެރޭގައި ހިމެނޭ ސިމެންތި، ހިލަ އަދި ހިލަވެލި ނޫން ހުރިހާ އުފެއްދުމެއް މިހާރު ވެލިގާގެ ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

ވެލިގާގެ ޚިދުމަތަށް މިހާރު 15 އަހަރު ވެފައިވާއިރު ވެލިގާއިން އަންނަނީ ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރެއެވެ. އޭގެ ތެރޭގައި، ސެލީސް، މެޓާބޯ، ނިފެކްސް، ވެރާ، ވީއާރުއެޗް އަދި މެޑްކާ ފަދަ ބްރޭންޑުތައް ހިމެނެއެވެ.

comment ކޮމެންޓް