މީހުން ބިނާކުރަން އެޗްޑީސީ އާއި އެމްއައިޓީ އިން އެއްބަސްވުމެއް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ(އެމްއައިޓީ) އާ ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެ އެމްޔޯޔޫގައި އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ އޮފް ޕްރޮގްރާމް އާދަމް ހަލީމެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

އެ އެއްބަސްވުމުގެ ދަށުން އެޗްޑީސީގެ ހަތަރުވަނަ ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދާނީ އެމްއައިޓީ އާއި ގުޅުގެން ކަމަށައި އެގޮތުން އެއްބަސްވުމުގެ ދަށުން މި ޕްރޮގުރާމް ހިންގުމަށް ބޭނުންވާ، ތަމްރީންތައް ދިނުމުގައި، ހާއްސަކޮށް ކްލާސްރޫމް ތަކުގައި ބާއްވާ ސެޝަންތަކާއި ޕްރޮގްރާމްއަށް ބޭނުންވާ
ކަރިކިއުލަމް ފަރުމާކު ރުމަށް ހަމަޖެހިފައިވަނީ އެމްއައިޓީގެ ފަރާތުން ކަމަށް އެޗްޑީސީ އިން ބުންޏެވެ.

މިފަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން 60 ބައިވެރިންނަށް ފުރުސަތު ދޭއިރު ޕްރޮގްރާމު ފުރިހަމަ ކުރުމުން ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެއެވެ.

https://sun.mv/145695

އެޗްޑީސީ އިން މިއަދު ސޮއިކުރި އެމްއޯޔޫ އާއެކު ހަތަރު މަސްދުވަހަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމް ޓިވެޓް އޮތޯރިޓީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް މި މަގު ފަހިވެގެންދާނެ ކަމަށެވެ.

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްއަކީ އަބަދުވެސް މަސައްކަތުގެ މާޙައުލަށް ހުނަރުވެރި ޒުވާނުންތަކެއް ނެރެމުން އަންނަ ޕްރޮގްރާމެކެވެ.

comment ކޮމެންޓް