މިސްޓަރ މޯލްޑިވްސް މުބާރާތް މާޗު މަހު ބާއްވަނީ

ސަން ފޮޓޯ/ މުހައްމަދު ޝާފީ

ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، "މިސްޓަ މޯލްޑިވްސް 2021" އަންނަ އަހަރުގެ މާރޗް މަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަނުން ބުނީ މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހީންނަށް ކަމަށާއި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ކަމަށެވެ.

އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންނާއި، ޖިމް، ޖަމިއްޔާ އަދި ރިސޯޓެއްގެ ފަރާތުން ވެސް މުބާރާތުގައި ވާދަކުރެވޭނެއެވެ.

އެސޯސިއޭޝަނުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އަކީ މާޗު މަހުގެ 20 ވާ ހޮނިހިރު ދުވަހުގެ 14:00 ކަމަށެވެ.

އަދި އެދުވަހުގެ ކުރިން އެސޯސިއޭޝަނަށް މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް ހުށަހަޅަންވާނެ ކަމަށާއި ހުށަހަޅާ ފޯމުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުވާ ފޯމްތަށް ބަލައިނުގަނެވޭނެ ކަމަށެވެ.

comment ކޮމެންޓް