34.9 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު މިއަދު ވަނީ ފާސްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރަށް ލަފާކޮށް 34.9 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހުން ފާސްކޮށްފައިވަނި 68 މެންބަރުންގެ ވޯޓާއެކުއެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅީ 34.79 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.79 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން، މިއީ 15.50 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ.

ނަމަވެސް ބަޖެޓު ދިރާސާކުރާ ކޮމެޓީން ވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާއަށާއި ދައުލަތުގެ އޮފީސްތަކުގެ ބަޖެޓަށް އުނި އިތުރު ގެނެސްފައެވެ.

ހަމައެއާއެކު އާމްދަނީ ހޯދަން އިތުރުކުރާ ކަންކަމާއެކު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީއިން ފާސްކުރީ ބަޖެޓަށް 130 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހު އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅީ 34.79 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.79 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން، މިއީ 15.50 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ.

ކޮމެޓީން ގެނައި އިސްލާހުތަކާއެކު ބަޖެޓުގެ ޖުމްލަ ވަނީ 34.92 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި އާމްދަނީ 21 ބިލިއަނަށް އިތުރުވެ، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 12.3 ބިލިއަން ރުފިޔާއަށް ވަނީ ތިރިވެފައި އެވެ.

ބަޖެޓަށް ބަދަލުގެނެސްފައި ވަނީ ފިނޭންސް މިނިސްޓްރީ އާއެކު މަޝްވަރާކުރުމަށްފަހު އެވެ.

އަންނަ އަހަަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު، ދައުލަތުން ނަގާ ލޯނާއި ސޮވެރިން ގެރެންޓީއާއި ވިއްކާ ސުކޫކާއި ޓީބޮންޑުގެ ފުރިހަމަ ތަފްސީލާއި ސޮވެރިން ގެރެންޓީ ދީގެން ހިންގާމަޝްރޫއުތަކާ ގުޅޭ ތަފްސީލް ކޮންމެ ކުއާޓަރެއް ނިމޭތާ 30 ދުވަސް ތެރޭ މަޖިލީހަށް ދޭންޖެހޭނެ ކަމަށް ވަނީ ފާސްކޮށްފައެވެ.

comment ކޮމެންޓް