ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމުގެ ގައުމީ ކެމްޕޭނުގެ ލޯގޯއާއި ޝިއާރު ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި

ޖެންޑާ މިނިސްޓަރުކަމަށް އާއިޝަތު މުހައްމަުދު ދީދީ އައްޔަނުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ހިންގާ، ގެވެށި އަނިޔާ އިން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމުގެ ގައުމީ ކެމްޕޭނުގެ ލޯގޯ އާއި ޝިއާރު ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި ޖަހަން ނިންމައިފިއެވެ.

ރައީސް އޮފީހުން އާންމުކުރި ދެންނެވުމެއްގައި ބުނީ މި ލޯގޯއާއި ޝިއާރު، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި ޖެހުމަށް ނިންމާފައިވާ ކަމަށާއި، އެގޮތުން "ގެވެށި އަނިޔާ ހުއްޓުވާނަން" މި ޝިއާރު އިނގިރޭސި ބަހުން ބޭނުންކުރާނީ
"Prevent domestic violence" މިގޮތަށް ކަމަށެވެ.

މި ގައުމީ ކެމްޕޭނުގެ ލޯގޯއާއި ޝިއާރު އަންނަ ޑިސެމްބަރު މަހުގެ އެކެއް ވާ އަންގާރަ ދުވަހުން ފެށިގެން، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ މުއްދަތަށް، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި، ބޭނުންކުރުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް