ކޮކާކޯލާގެ ތައުޒިޔާ ޑރ. އިބްރާހިމް އުމަރު މަނިކުގެ އާއިލާ އަށް

ކޮކާކޯލާގެ އެމްބެސެޑަރު، ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވި ހަބަރު އެހީ ފުން ހިތާމައާ އެކު ކަމަށާއި އެ މަނިކުފާނު އަވަހާރަވުމުން ޑރ. އިބްރާހިމް އުމަރު މަނިކުގެ އާއިލާ އަށް ކޯކް ކޮމްޕެނީ އިން ތައުޒިޔާ ކިޔައިފި އެވެ.

ޑރ. އިބްރާހިމް އުމަރު މަނިކަކީ ވަޑައިގެންނެވި ކޮންމެ ތަނަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނެވި، މުޖުތަމައުގެ ވަރުގަދަ ތަނބެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ބުނީ، ޑރ. އިބްރާހިމް އުމަރު މަނިކަކީ އެތައް ރައްޔިތުންނަކާއި ވިޔަފާރިތަކެއް ކުރިއަރައިގެން ދިއުމަށް މަގުކޮށައިދެއްވި ދުރުވިސްނޭ، ހިތްހެޔޮ ބޭފުޅެއް ކަމަށެވެ.

ޑރ. އިބްރާހިމް އުމަރު މަނިކުގެ އާއިލާއަށާއި ގާތް އެންމެހާ ބޭފުޅުނަށް އެ ކުންފުނިން ވަނީ ތައުޒިޔާ ކިޔައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް