ވާޗުއަލް ޓީޓީއެމް ޓްރެވަލް ސަމިޓް ފަށައިފި

މިއަހަރުގެ ޓިޓީއެމް ޓްރެވަލް ސަމިޓް ވާޗުއަލް ކޮށް ފަށައިފިއެވެ.

މިއަދާއި މާދަމާ ކުރިއަށްގެންދާ ޓީޓީއެމް ސަމިޓް، ފޭސްބުކް އަދި ޓްވިޓާ ޕްލެޓްފޯމުގައި ލައިވްކުރާނެއެވެ.

ޓީޓީއެމް ޓްރެވަލް ސަމީޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ސަމިޓެވެ. މިއަހަރުގެ ސަމިޓްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ނެގުމާއި ގުޅޭގޮތުންނެވެ.

މި ސަމިޓުގައި އިންޑަސްޓްރީގެ ޕްރޮފެޝަނަލުން ބައިވެރިވެ، ރާއްޖޭގެ ޓޫރިޒަމް އަލުން ކޮޅަށް ޖެހުމާ ގުޅޭގޮތުންނާއި މާކެޓް ޓްރެންޑްސްއާ ގުޅޭގޮތުން ވާހަކަ ދައްކައި ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރާނެއެވެ.

މި ސަމިޓުގައި، ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއަރުވައި ކޮޅަށް ޖެހުމަށް ސަރުކާރުން ގެންގުޅޭ ޕްލޭންތަކާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވާހަކަ ދައްކަވާނެއެވެ. މީގެ އިތުރުން މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައާޅާފައި ހުންވަ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން ބަންގްލަދޭޝް ހައިކޮމިޝަނަރު މުހައްމަދު ނަޒްމުލް ހަސަންއާއި އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބު މުހައްމަދުވެސް ވާހަކަ ދައްކަވާނެއެވެ.

މިއަހަރުގެ ޓީޓީއެމް ފެއާގައި 150 ރިސޯޓް އަދި ހޮޓެލްއާ 200 އޮޕަރޭޓަރުން ބައިވެ އެވެ.

ޓީޓީއެމް ޓްރެވެލް ސަމިޓް 2020 ވާޗުއަލްގެ ތެރެއިން އެގްޒިބިޓަރުންނާއި ޓްރޭޑް ވިޒިޓަރުންނާއި ދެމެދު ޕްރީ ޝެޑިއުލްޑް ބައްދަލުވުންތައް އޮންނާނެ އެވެ. މި ބައްދަލުވުންތައް އޮންނާނީ މި މަހުގެ 25 އިން 26 އަށެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޓީޓީއެމް ސަމިޓު އޮންލައިންކޮށް ބާއްވާއިރު، ސަމިޓު ކުރިއަށްދާނީ ޓީޓީއެމް ކަނެކްޓް ސޮފްޓްވެއާ މެދުވެރިކޮށެވެ.

ޓީޓީއެމް ޓްރެވެލް ސަމިޓް ކުރިއަށްދަނީ ޓީޓީއެމްގެ ބައެއްގެ ގޮތުގައެވެ. ޓީޓީއެމްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އޭޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ހަރަކާތެވެ.

މިއީ މި ހަރަކާތް ކުރިއަށް ގެންދާ ހަތަރު ވަނަ އަހަރެވެ.

ޓްރެވެލް ޓްރޭޑް މޯލްޑިވްސްއަކީ އޯކާ މީޑިއާ ގްރޫޕުގެ އުފެއްދުމެކެވެ. އޯކާ މީޑިއާ ގްރޫޕްއަކީ މީޑިއާ އަދި މާކެޓިން ގެ ދާއިރާގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ.

comment ކޮމެންޓް