މެޑިޓަރޭނިއަން ކަނޑުން ގޭހާއި ތެޔޮ ހޯދަން ސާވޭކުރާ މުއްދަތު ތުރުކީން އިތުރުކޮށްފި

ގޭސް ހޯދުމުގައި ސާވޭކުރަން ތުރުކީން ބޭނުންކުރާ އުޅަނދު--

މެޑިޓަރޭނިއަން ކަނޑުގައި ގޭހާއި ތެޔޮ ހުރިތޯ ބަލަން ސާވޭކުރާ މުއްދަތު ތުރުކީން އިތުރުކޮށްފި އެވެ.

ގްރީސް ކައިރިން ތެލާއި ގޭސް ހޯދުމަށް ތުރުކީ މީގެ ކުރިން މަސައްކަތް ކުރުމުން މައްސަލަ ހޫނުވި އެވެ. އެ މައްސަލައިގައި ސާވޭކުރުމަށް ބޭނުންކުރާ އުޅަނދު އޮރުޖް ރެއިސް އަލުން އަނބުރާ ތުރުކީގެ ސަރަހައްދަށް ގެނައިވެސްމެ އެވެ.

ނަމަވެސް ފަހުން ތުރުކީން އަލުން ވަނީ އެ އުޅަނދު އަނެއްކާވެސް އެ ސަރަހައްދަސް ފޮނުވައިފަ އެވެ. އަދި އެ އުޅަނދު މިމަހުގެ 29 އާ ހަަމައަށް އެ ސަރަހައްދުގައި އެ ސަރަހައްދުގައި މަސައްކަތް ކުރަން ތުުރުކީން މިހާރު ވަނީ ނިންމައިފަ އެވެ.

ގްރީސްގެ ސަރަހައްދުން ތެލާއި ގޭސް ހޯދަން އުޅޭތީ އެގައުމުން ދަނީ ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ. އެ މަސައްކަތައްް ގްރީސްއިން ހުރަސް އަަޅަން އުޅުމުން ތުރުކީން މީގެ ކުރިން ހަނގުރާމަމަތީ މަނަވަރެއް ވެސް އެ ސަރަހައްދަށް ފޮނުވި އެވެ.

ދާދި ފަހުން ތުުރުކީން ވަނީ ބްލެކްސީ ސަރަހައްދުން ބޮޑު ގޭސްވަޅެއް ހޯދައިފަ އެވެ. - ރޮއިޓާސް

ގުޅޭ ޓެގު
comment ކޮމެންޓް