ވަކި ހާއްސަ ގަޑިތަކެއްގައި ސަލްޓަން ޕާކް މިއަދުން ފެށިގެން ހުޅުވަން ފަށައިފި އެވެ.
ސަލްޓަން ޕާކް މިއަދު ހުޅުވާލީ، ކޮވިޑާ ގުޅިގެން ނުވަ މަސް ދުވަހު ބަންދުކުރުމަށްފަހު އެވެ.
މާލޭ ސީޓީ ކައުންސިލުން ބުނީ، ޕާކް އަލުން ހުޅުވާލީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ. އެގޮތުން ޕާކަށް މީހުން ވެއްދުމަށް ހަމަޖެހިފައިވަނީ ހުމުގެ އެއްވެސް އަލާތެއް ހުރިތޯ ބަލައި، ސްކްރީން ކުރުމަށްފަހުއެވެ. އެވެ.
މީގެ ކުރިން ބިދޭސީންގެ އަތުން ޕާކަށް ވަންނަ ފީއެއް ނެގި ނަމަވެސް، މިހާރު އެއްވެސް ފީއެއް ނުނެގުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.
ޕާކް ހުޅުވާފައި ހުންނަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.
ޕާކް ހުޅުވާފައި ހުންނަ ގަޑިތައް: (ކޮންމެ ދުވަހަކު)
- ފަތިހު 4:30 - ހެނދުނު 9:30 އަށް
- ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 9:30އަށް
ސްލްޓަން ޕާކް ހުޅުވި އިރު، ސިޓީ ކައުންސިލުން ތަރައްގީ ކުރި ލޮނުޒިޔާރަތް ޕާކްވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މާލޭގައި ޕާކް ހުޅުވުމުގެ ހުއްދަ ދިނީ، ކޮވިޑް ކޭސްތައް 50 އަށް ވުރެ ދަށަށް ދާޏް ފެށުމުންނެވެ.
އިއްޔެ ރާއްޖެއިން ވަނީ 94 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުން ޕޮޒިޓިވްވި 49 މީހަކާއި ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ކ. ރަށްފަޅު ހުރާ އިން ޕޮޒިޓިވް 42 މީހެކެވެ.
ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 997 އެވެ. އޭގެ ތެރެއިން 80 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކުރެވިފައިވަނީ 320 މީހުންނެވެ.
މިހާތަނަށް ޖުމް 12،500އަށް ވުރެ ގިނަ މީހުން ކޮވޮޑަށް ޕޮޒިޓިވްވިރު، 11،497 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލީގައި މަރުވި މީހުންގެ އަދަދަކީ، 45 އެވެ.