އޭއެފްސީ ބްރެކެޓް ޗެލެންޖް: ސެމީގެ ވޯޓުލުން ފަށައިފި

އަޝްފާގު، އެންގުއެން ކުއެންގް ހައި

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ސެމީ ފައިނަލުގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ވިއެޓްނާމުގެ އެންގުއެން ކުއެންގް ހައިގެ ކުރިމަތިލުމަށް ވޯޓްލާން ހުޅުވާލައިފި އެވެ.

އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ފަހަކަށް އައިސް އަންނަނީ އެ އިދާރާގެ ދެވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ކަޕްގައި ޖަހާފައިވާ މޮޅެތި ގޯލްތައް ކެޓަގަރީކޮށް ތަފާތު ގޮތްގޮތަށް ޖަހާފައިވާ ގޯލުތައް ސަޕޯޓަރުންގެ ވޯޓާ އެކު ގިންތި ކުރަމުންނެވެ.

އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރާ އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.

މި ޗެލެންޖުގެ ވަރުގަދަ ސެމީ ފައިނަލުގެ ކުރިމަތިލުމުގެ ވޯޓްނެގުން މިހާރު އެކި ކުޅިންތެރިންނަށް ކުރިއަށްދާ އިރު، ދަގަނޑޭއާ ވާދަކުރަމުން ދަނީ ހަނޯއީ އެފްސީގެ ފޯވާޑް އެންގުއެން ކުއެންގް ހައި މިދިޔަ އަހަރުގެ އޭއެފްސީ މުބާރާތުގައި ކާމިޔާބު ކުރި ގޯލެވެ. މީގެ ކުރިން ގުްރޫޕް ސްޓޭޖާއި ގަދަ 16 ގައި ވެސް ބޮޑު ތާއީދަކާ އެކު އަޝްފާގު ވަނީ ކާމިޔާބީ ހޯދައިފަ އެވެ.

މި ގޯލަކީ ނިއުރޭޑިއަންޓާއި އިންޑޮނޭޝިއާގެ ޕާސިބޯ ބައްދަލު ކުރި މެޗުގައި އަޝްފާގު ޖެހި ހިތްގައިމު ގޯލެކެވެ. މުހައްމަދު އުމޭރު ދިން ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި އިދިކޮޅު ޓީމުގެ އޭރިއާ ތެރެއަށް ވަންނަން ދިޔައިރު ފަހަތުން ޕާސިބޯގެ ތިން ޑިފެންޑަރަކާއި ޕާސިބޯގެ ގޯލްކީޕަރު ކައިރިން ބޭނުން އެއްޗެއް ހަދާފައި ދަގަނޑޭ އެ ބޯޅަ ގޯލަށް ވައްދާލީ "ޗިޕަކުން"ނެވެ. މީގެކުރިން އެ އިދާރާގެ ޕޭޖުން ހިންގާ އެންމެ ރީތި ސޯލޯ ގޯލް ޗެލެންޖުގެ އެއްވަނަ، ވޯޓުލީ މީހުންގެ ބޮޑު ތާއީދަކާ އެކު އަޝްފާގުގެ މިގޯލު ވަނީ ހޯދައިފަ އެވެ.

މި ޗެލެންޖުގެ ކުއާޓާފައިނަލުގައި ވެސް ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމުގެ ކުޅުންތެރިއަކާއެވެ. ކުއާޓާގައި ގުޔެން ވެން ގުޔެޓް އާއި ވާދަކޮށް ދަގަނޑޭ ކާމިޔާބުކުރީ ކުޑަ ތަފާތަކުންނެވެ. ދަގަނޑޭއަށް ލިބުނީ 51.45 އިންސައްތައެވެ. ވިއެޓްނާމުގެ ގުޔެން ވެން ގުޔެތް އަށް ލިބުނީ 48.55 އިންސައްތައެވެ.

މި ޗެލެންޖުގެ ސެމީފައިނަލުގައި ވާދަކުރާ ކުޅުންތެރިން ނިސްބަތްވާ ޤައުމުތަކަކީ ރާއްޖޭގެ އިތުރުން ހޮންކޮން އާއި މެލޭޝިއާގެ އިތުރުން ވިއެޓްނާމް އެވެ. އޭއެފްސީން ފާހަގަކޮށްފައިވާ ގޮތުގައި ކުއާޓާފައިނަލުގައި ހަތަރު ޤައުމުންވެސް ގިނަ އަދަދެެއްގެ ވޯޓު ލިބުނެވެ.

comment ކޮމެންޓް