ސާފް ޗެމްޕިއަންޝިޕް: ދަގަނޑޭ ނުހިމަނައި، ރާއްޖޭގެ ޕްރިލިމިނަރީ ސްކޮޑު އިއުލާންކޮށްފި

ސާފް ޗެމްޕިއަންޝިޕް 2021 ގައި ގޯލު ޖެހުމަށްފަހު، ދަގަނޑޭ އުފާފާޅުކުރަނީ -- ސަން ފައިލް ފޮޓޯ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ނުހިމަނައި، ސާފް ޗެމްޕިއަންޝިޕް 2023 އަށް ނެގި ރާއްޖޭގެ ޕްރިމިލިމިނަރީ ސްކޮޑު އިއުލާންކޮށްފިއެވެ.

އަންނަ މަހުގެ 21 އިން ޖުލައި 4 ގެ ނިޔަލަށް އިންޑިއާގައި ކުރިއަށްގެންދާ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިން ނެގި ޕްރިލިމިނަރީ ސްކޮޑުގައި ހިމެނެނީ 40 ކުޅުންތެރިންނެވެ. މުބާރާތް ފެށުމުގެ ކުރިން އަދި އެ ސްކޮޑު ކުޑަކުރާނެއެވެ.

އެ ކުޅުންތެރިންނާއެކު އަންނަ އާދީއްތަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާ އިރު، އަނިޔާގައި ހުރި ސަސްގެ ކެޕްޓަން ދަގަނޑޭގެ ނަން ސްކޮޑުގައި ހިމަނައިފައެއް ނުވެއެވެ. ރާއްޖެއަށް 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ދަގަނޑޭ ދަނީ ގައުމީ ޓީމާއެކު 100 މެޗު ހަމަކުރުމަށް މަސައްކަތްކުރަމުންނެވެ.

މިއަދު އިއުލާންކުރި ޕްރިލިމިނަރީ ސްކޮޑުގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ 15 ކުޅުންތެރިޔަކާއި ކްލަބު އީގަލްސްގެ ހަ ކުޅުންތެރިޔަކާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ފަސް ކުޅުންތެރިޔަކާއި ބުރު ސްޕޯޓްސް ކްލަބުގެ ފަސް ކުޅުންތެރިޔަކާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ ހަތަރު ކުޅުންތެރިޔަކާއި ކްލަބު ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިޔަކާއި ކްލަބު ވެލެންސިއާގެ ދެ ކުޅުންތެރިއެއްގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިއެކެވެ.

ސާފް ޗެމްޕިއަންޝިޕަށް ނެގި ރާއްޖޭގެ ޕްރިލިމިނަރީ ސްކޮޑު:

މާޒިޔާ

  • ސަމޫހު އަލީ (ސަމުއްޓޭ)
  • އަހުމަދު ނޫމާން (ހެލްމެޓް)
  • ހުސައިން ސިފާއު (ކުރޯ)
  • އިބްރާހިމް އައިސަމް
  • ހައިޝަމް ހަސަން (ބިޑި)
  • ހަސަން ރާއިފް (ހަންނަ)
  • ހުސައިން ނިހާން (ނިހާޓު)
  • ހަސަން ޝިފާޒް (ޑުންގާ)
  • ހަމްޒާ މުހައްމަދު (ހަމްޕު)
  • ހުސައިން ޝަރީފް
  • ނާއިޒް ހަސަން (ދާދު)
  • މުހައްމަދު އިރުފާން (އިރޭ)
  • އަލީ ފާސިރު (ސެންޓޭ)
  • މުހައްމަދު ފައިސަލް
  • ހަސަން ނަޒީމް (ޗޯޓު)

އީގަލްސް

  • އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)
  • ނިޝާމް މުހައްމަދު ރަޝީދު
  • އަހުމަދު ހަސަން (އައްމަޑޭ)
  • ހުމައިދު ހުސައިން
  • އަހުމަދު ރިޒުވާން (ރިޒޭ)
  • މުހައްމަދު ޝަފީއު (ޗެކް)

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)

  • މުހައްމަދު ޝަޚާއު
  • އަހުމަދު އައިހަމް
  • މުހައްމަދު ނިޒާމް
  • ވިޝާހް އަބްދުލް މަޖީދު
  • އަހުނަފް ރަޝީދު

ބުރު ސްޕޯޓްސް

  • އިބްރާހިމް އުސާމާ
  • މުހައްމަދު ނާއިމް
  • ޝައިހާން އަލީ
  • މުހައްމަދު ސާއިފް
  • ފާރޫގު އިސްމާއިލް

ޔުނައިޓެޑް ވިކްޓަރީ

  • އަހުމަދު ބައްސާމް
  • އަލީ ނާޖިހު
  • ޝިފާން ހަސަން
  • ޝަނާން ރަޝީދު

ގްރީން ސްޓްރީޓްސް

  • އަންސަރު އިބްރާހިމް (އަންކޮ)
  • މުހައްމަދު ޖައިލަމް (އޮގީ)

ވެލެންސިއާ

  • އިބްރާހިމް ވަހީދު ހަސަން (އިއްބެ)
  • އަބްދުﷲ ޔާމީން

ޓީސީ ސްޕޯޓްސް

  • އަހުމަދު މާއިޝް ރަޝިދު

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ބަންގުލަދޭޝް އާއި ބޫޓާން އަދި ލުބުނާންއާއެކު "ގްރޫޕު ބީ" ގައެވެ. އެ ގްރޫޕުގެ ފުރަތަމަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހުއެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ލުބުނާނާއި ބަންގުލަދޭޝް ބައްދަލުކުރާ އިރު، އެ ގްރޫޕުގެ ދެވަނަ މެޗުގައި ރާއްޖެއިން ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.

އެންމެ ވަރުގަދަ ގްރޫޕެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ "ގްރޫޕު އޭ" އެވެ. އެ ގްރޫޕުގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި އެންމެ ފަހުގެ ރަނަރަޕް ނޭޕާލްގެ އިތުރުން ޕާކިސްތާނާއި ކުވެއިތެވެ. މުބާރާތް ފެށިގެންދާނީ ވެސް އެ ގްރޫޕުގެ މެޗުތަކުންނެވެ. އަންނަ މަހުގެ 21 ގައި ކުޅޭ އެ ގްރޫޕުގެ ފުރަތަމަ މެޗުގައި ކުވެއިތާއި ނޭޕާލް ބައްދަލުކުރާ އިރު، އެ ދުވަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިންޑިއާ އާއި ޕާކިސްތާނެވެ.

ރާއްޖެ އިން ވަނީ ދެ ފަހަރަކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އެއީ ސްރީލަންކާ އަދި ރާއްޖޭގައި ކުޅުނު 2008 ގެ ސާފް ޗެމްޕިއަންޝިޕާއި 2018 ގައި ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕެވެ. އޭގެ އިތުރުން ރާއްޖެއިން ވަނީ ތިން ފަހަރަކު ރަނަރަޕް މަގާމު ހޯދައިފައެވެ. އެއީ ނޭޕާލުގައި ބޭއްވި 1997 ގެ ސާފާއި ބަންގުލަދޭޝްގައި ބޭއްވި 2003 އަދި 2009 ގެ ސާފް ޗެމްޕިއަންޝިޕްގައެވެ.

comment ކޮމެންޓް