ޖާބިރުގެ ކުންފުނިންނާއި ޑީއާރުޕީގެ ނައިބު ލީޑަރުކަމުން ބޮޗޭ އިސްތިއުފާ ދެއްވައިފި

ކުރީގެ މަޖިލީސް މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏެއް ކަމަށްވާ ޔޮޓް ޓުއާސް ގްރޫޕް ކުންފުނިތަކުގެ ސީއީއޯގެ މަގާމުގެ އިތުރުން ޑީއާރުޕީގެ ނައިބު ލީޑަރުގެ މަގާމުން ކުރީގެ މަޖިލީސް މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އިސްތިއުފާ ދެއްވައިފިއެވެ.

ކުރީގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޮޓް ޓުއާސް ގްރޫޕްގެ އިތުރުން ޑީއާރުޕީއިން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި އޭގެއިތުރުން ކާށިދޫ ދާއިރާގެ މަޖިލީސް ސެކްރެޓެރިއޭޓްގެ މަގާމުންވެސް އިސްތިއުފާ ދެއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިސްތިއުފާ ދެއްވާފައިވާ ހުރިހާ މަގާމުތަކަކީ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރާ ގުޅުންހުރި ތަންތަނެވެ. އެގޮތުން ޑީއާރުޕީގެ ލީޑަރުގެ މަގާމުގައި ހުންނަވަނީ ޖާބިރެވެ.

އެ މަގާމުތަކުން ބޮޗޭ އިސްތިއުފާ ދެއްވާފައިވާ ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ. އަދި ސަން އިން އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.

ޑީއާރުޕީގެ ނައިބުގެ މަގާމަށް ބޮޗޭ ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އޭނާއަކީ ކުރީ މަޖިލީހުގެ މެމްބަރެކެވެ. އޭނާ މަޖިލީހުގައި ހުންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް