ސަލްމާން މިސްކިތް ކައިރިން ޕާކިން ޖާގަ ވިއްކަނީ

ސަލްމާން މިސްކިތް ސަރަހައްދު --- ސަން ފޮޓޯ

މާލޭގެ ސަލްމާން މިސްކިތް ސަރަހައްދުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކު ކުރާނެ ޖާގަ ވިއްކުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޖާގަ ވިއްކުމަށްޓަކައި މިއަދު އިއުލާނުކޮށްފައެވެ. އެ އިއުލާނުގައި ކައުންސިލުން ބުނެފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކު ކުރުމަށްޓަކައި 57 ޖާގަ ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

އެ ސަރަހައްދުން ކޮންމެ ޖާގައެއް ވިއްކާނީ 3،000 ރުފިޔާއަށް ކަމަށާއި ޖާގަ ދޫކުރެވޭނީ 300 ކިލޯއިން ދަށުގެ އުޅަނދުތަކަށް ކަމަށް ކައުންސިލުން ބުނެއެވެ.

ޕާކިން ޖާގައަށް އެދި ހުށަހެޅުމަށް ސިޓީ ކައުންސިލުގެ ވެބްސައިޓުގައި އެކަމަށް ހާއްސަ ޕޯޓަލް އެއް އިންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.

އެ ޕޯޓަލް މެދުވެރިކޮށް ޖާގަ ވިއްކުމަށް ހަމަޖެހިފައިވަނީ ކަނޑައަޅާފައިވާ ޖާގަތައް ހުސްވަންދެނެވެ. އަދި ކޮންމެ ފަރާތަކަށްވެސް ގަނެވޭނީ އެންމެ ޖާގައެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ޕާކިން ޖާގަތައް ދޫކުރުމުގެ އުސޫލަށް ބަލާނަމަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ޖާގައެއް ދުލެއް ނުކުރެވޭނެއެވެ. އަދި އެ ޖާގަތައް ދޫކުރާ ފަރާތްތަކަކީ މާލެ ސިޓީގައި ދުއްވުމަށް ރެޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ވާން ޖެހޭނެއެވެ.

އުސޫލުގައިވާ ގޮތުގެ މަތީން ޕާކިން އަށް ދޫކުރާ ސްޓިކާ ގެއްލިއްޖެ ނަމަ އަލުން އެ ހެދުމަށްޓަކައި 100 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

comment ކޮމެންޓް