އަންނަ މަހު ރިސޯޓު ހަދާ ރަށްތައް ބިޑަށް ހުލުވާލަނީ

ބަޖެޓް ކޮމެޓީގައި މިނިސްޓަރު ފައްޔާުޒު، އަސްލަމް (ކ) އަދި އަމީރު -- ސަން ފޮޓޯ: ފަޔާޒު މޫސާ

އަންނަ މަހު ތެރޭ އާ ރިސޯޓުތައް ބިޑަށް ހުޅުވާލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މި އަހަރު ތެރޭ 20 ރިސޯޓެއް އިއުލާނު ކުރަން ތައްޔާރުވެފައި އޮތް ކަމަށާއި ނަމަވެސް އެކަން މަޑުޖައްސާލާފައި އޮތީ ކޮވިޑް19 އާއި ގުޅިގެން ކަމަށެވެ.

"މި ހާލަތުގައި އެ މާކެޓަށް ނެރެގެން ލިބޭނެ އެންމެ އަގު ނުލިބޭނެ ކަމީވެސް ވިސްނަން ޖެހޭނެ ކަމެއް. އެކަންތައް އެހެން ހުރުމުގެ ސަބަބުން ހުއްޓުން އަރާފައި އޮތީ. އެހެންނަމަވެސް އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ކުރިއަސް އޮތް މަސް ދުވަސް ތެރޭ އޭގެން އެއްބައި ޓޫރިޒަމް މިނިސްޓްރީ އިން ޑެންޑާ ވެސް ކުރައްވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި 10 ރިސޯޓެއް މާކެޓަށް ނެރެން ވަނީ ނިންމައިފަ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިއްކާފައިވާ ބިމުގެ ތެރެއިން ވަކި މިންވަރެއް މޫދުގެ ސަރަހައްދާއެކު ބިން ވިއްކުމަށް ވަނީ ހިމަނައިފަ އެވެ. މިކަންކަމުން އާމްދަނީގެ ގޮތުގައި 608.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

comment ކޮމެންޓް