ޗަމްޕާ ރިސޯޓްސްގެ "ކަގި މޯލްޑިވްސް" ހުޅުވައިފި

ކަގި މޯލްޑިވްސް ---

ރާއްޖޭގެ ފުރަތަމަ ވެލްނެސް ރިސޯޓު ކ. އަތޮޅު ކަގީ ގައި ހުޅުވައިފި އެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ތަރައްގީ ކުރި "ކަގި މޯލްޑިވްސް" ރިސޯޓުގައި 50 ވިލާ ހުންނާނެއެވެ. މީގެ ތެރެއިން 40 ވިލާ އަކީ ވޯޓާ ވިލާ އެވެ.

ހަނީމޫނަށް އަންނަ ޖޯޑުތަކަށާއި ލޯބިވެރިންނަށް ހާއްސަ ކަގި މޯލްޑިވްސްގެ ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް އޮންނާނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 50 މިނެޓުން ސްޕީޑް ބޯޓުގައި ދެވޭ ސަރަހައްދުގައި އޮންނަ ކަގި މޯލްޑިވްސް ރިސޯޓް ފަރުމާކޮށްފައި ވަނީ އެމެރިކާގެ އާކިޓެކްޗަރަލް ފާމު ޔޫޖީ ޔަމަޒާކީ އިންނެވެ.

comment ކޮމެންޓް