މެދުކަނޑާލާފައިވާ ނާސްތާ ޕްރޮގްރާމް އަންނަ އަަހަރު ފަށަނީ

ތ. ބުރުނީ ސްކޫލްގައި ދަރިވަރުން ނާސްތާ ނަގަނީ-- ފޮޓޯ: ބުރުނީ ސްކޫލް

ބަދަލުތަކާ އެކު ނާސްތާ ޕްރޮގްރާމް އަންނަ އަހަރު ވެސް ކުރިއަށް ގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ބަޔާން މަޖިލީހުގައި މިއަދު ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، ފެންވަރު ރަނގަޅު ތައުލީމެއް ރާއްޖޭގެ ފަސް ސަރަހައްދަކުން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

"މި ސަރުކާރުން ކާމިޔާބުކަމާ އެކު ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް، ބަދަލުތަކަކާ އެކު އިތުރަށް ހަރުދަނާކޮށް، އެފިޝަންޓްކޮށް 2021 ވަނަ އަހަރު ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ބަޖެޓްކުރެވިފައި." އަމީރު ވިދާޅުވި އެވެ.

ދަރިވަރުންނަށް ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިްހްގެ ވައުދެކެވެ. އެއާ އެކު މިދިޔަ އަހަރުގެ ދެވަނަ ޓާމްގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ދަރިވަރުންނަށް ނާސްތާ ދިޔައީ ދެމުންނެވެ.

ނަަމަވެސް ކޮވިޑާ ގުޅިގެން ސްކޫލްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވިފަހުން ނާސްތާ ޕްރޮގްރާމް އޮތީ މެދުކަނޑާލައިފަ އެވެ. އަދި މިނިސްޓްރީން އިލްތިމާސްކޮށްފައި ވަނީ ގެއިން ނާސްތާ ކޮށްގެން ދަރިވަރުން އައުމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ އަހަރު ނާސްތާ ޕްރޮގްރާމްގައި 83 ޕަސެންޓް ދަރިވަރުން ބައިވެރިވި ކަމަށެވެ.

comment ކޮމެންޓް