ބޫތު ޕޮލިސްގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ބޫތު ޕޮލިސް ގެ ޕޯސްޓަރެއް---

އަރްޖުން ކަޕޫރާއި ސައިފް އަލީ ޚާން ލީޑު ރޯލުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ބޫތު ޕޮލިސް" ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.

ބޫތު ޕޮލިސްގެ ފުރަތަމަ ޕޯސްޓަރު ދައްކާލީ ސައިފްގެ އަންހެނުން ބަތަލާ ކަރީނާ ކަޕޫރެވެ. ޖެކަލީން ފާނަންޑޭޒް އާއި ޔަމީ ގޯތަމް ފިލްމުގެ އަންހެން ލީޑުން ފެނިގެންދާއިރު ފިލްމުގެ ތަރިންވެސް ވަނީ ފިލްމުގެ ޕޯސްޓަރު މިހާރު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަންނަ އަހަރު ސިނަމާތަކުގައި އެޅުވުމަށް ތާވަލްކޮށްފައިވާ މި ފިލްމަކީ ޕަވަން ކިރްޕަލާނީ ޑައިރެކްޓްކޮށް ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ފިލްމުގެ ޝޫޓިން ހިމާޗަލް ޕްރަދޭޝްގައި ކުރިއަށްދާއިރު ފިލްމުގެ ބައެއް މަންޒަރުތައް ދަރަމްޝާލާ އަދި ޕަލަމްޕޫރުގައި ވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ހިމާޗަލް ޕްރަދޭޝްގެ ޑޮލްހޫޒީއޯހައުޒީ ގައި ފިލްމުގެ ބައެއް މަންޒަރުތައް ނަގާއިރު މި ފިލްމަކީ ޖެކަލީން އާއި ޔަމީ ވެސް އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ހާއްސަކަމަކީ މި ފިލްމުން ފެނިގެންދާ އެއްވެސް ތަރިއަކު މީގެ ކުރިން ބިރުވެރި ފިލްމެއް ކުޅެފައިނުވުމެވެ. ބޫތު ޕޮލިސް އަކީ ބިރުވެރި މަޖާ ފިލްމެކެވެ.

comment ކޮމެންޓް