އޮސްޓްރޭލިއާގެ އުތުރުން އެއިފިލް ޓަވަރަށްވުރެ އުސް ފަރެއް ސައިންޓިސްޓުން ހޯދައިފި

އޮސްޓްރޭލިއާގެ އުތުރުން ފެނުނު އާ ފަރުގެ ބައެއް--

އޮސްޓްރޭލިއާގެ އުތުރުން އޮންނަ ގްރޭޓް ބެރިއާ ރީފްއިން ވަކިވެފައިވާ އުސް ފަރެއް އެގައުމުގެ ސައިންޓިސްޓުން ހޯދައިފި އެވެ. އަލަށް ހޯދި ފަރުގެ އުސްމިން ފްރާންސްގެ ވެރިރަށް ޕެރިސްގައި ހުންނަ އެއިފިލް ޓަވަރެއްވުރެ ވެސް އުހެެވެ.

ސްމިޓް އޯޝަން އިންސްޓްއިޓްއިން ބުނީ މިއީ ފާއިތުވި 100 އަހަރުގެ ތެރޭގައި ހޯދި އެފަދަ ފަރު ކަމަށެވެ.

އެ ފަރުގެ ދިގުމިނުގައި 500 އެއްހާ މީޓަރު ހުންނައިރު ފުޅާ މިނުގައި 1.5 ކިލޯ މީޓަރު ހުރެ އެވެ.

އެ ފަރު ފެނިފައި ވަނީ ގްރޭޓް ބެރިއާ ރީފްއާ ހަ ކިލޯ މީޓަރު ދުރުންނެވެ.

އެ ފަރު ފެނުނީ ޖޭމްސް ކުކް ޔުނިވާސިޓީގެ ޓީމަކުން ގްޜޭޓް ބެރިއާ ރީފް ހިމެނޭ ސަރަހައްދުގެ މެޕެއް އެކުލަވާލުމުގައި އުޅެނިކޮށެވެ.

އާ ފަރު ފެނުނު އިރު ފާއިތުވި 30 އަހަރުގެ ތެރޭ ގްރޭޓް ބެރިއާ ރީފްގެ ދެބައިކުޅަ އެއްބައި މުރަަކަތައް ވަނީ ހަލާކުވެފަ އެވެ. ނަމަވެސް އަލަށް ފެނުނު ފަރުން އެފަދަ ކަންތައްތަކެއް ފެނިފައެއް ނުވެ އެވެ.

އަލަށް ފެނުނު ފަރުގެ ސަރަހައްދުތައް ސައިންޓިސްޓުން ވަނީ ސުބޭސްޓިއަން ކިޔާ ރޮބަޓެއް ބޭނުންކޮށްގެން ބަލައިފަ އެވެ.-- ރޮއިޓާސް--

comment ކޮމެންޓް