"މަންމަރްޒިޔާން"ގެ ސީކުއަލެއް ގެންނަނީ

މަންމަރްޒިޔާންގެ މަންޒަރުތަކެއް--

ދެހާސް އަށާރަ ވަނަ އަހަރު ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް ގެނެސްދިން ކާމިޔާބު ފިލްމު "މަންމަރްޒިޔާން"ގެ ސީކުއަލެއް ގެނެސްދޭން އުޅޭކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަބީޝޭކް ބައްޗަން، ތާޕްސީ ޕަންނޫ އަދި ވިކީ ކޯޝަލް ލީޑު ރޯލުން ފެނިގެންދިޔަ އެ ފިލްމުގެ ސީކުއަލް ވެސް ހަދާނީ މި ތަރިންނާ އެކު ކަމަށް ޚަބަރުތައް ބުނެ އެވެ. ކްރިޓީކުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މި ފިލްމުގެ ސީކުއަލް ގެނެސްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ޚަބަރުތައް ބުނި ނަމަވެސް ފިލްމުގެ ޑައިރެކްޓަރު އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެއްނުވެ އެވެ.

މަންމަރްޒިޔާންގެ ޕްރޮޑިއުސަރަކީ އާނަންދު އެލް ރާއީއެވެ. ލޯބީގެ ކަންތައްތަކެއް ފެނިގެންދާ އެ ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ މީހުން ކަމަށްވާ ތާޕްސީ އާއި ވިކީ އަށް ކައިވެނިނުކުރެވި ތާޕްސީގެ އާއިލާގެ މީހުން ދައްކާ ފިރިހެން މީހާ (އަބީޝޭކް) އާއި ކައިވެނިކުރުމުން ދިމާވާ ކަންތައްތަކެވެ.

comment ކޮމެންޓް