ލަވަކިޔުންތެރިޔާ ނެހާ ކައްކަރު އާއި ރޯހަން ކައިވެނިކޮށްފި

ނެހާ އާއި ރޯހަން--

އިންޑިއާގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އަންހެން ލަވަކިޔުންތެރިޔާ ނެހާ ކައްކަރު، 32، އާއި ރޯހަންޕްރީތު ސިންހް ކައިވެނިކޮށްފި އެވެ.

އިއްޔެގެ ވަގުތެއްގައި ދެތަރިން ކައިވެނީގެ ގޮށް ޖަހާލީ ދިއްލީގައި ބޭއްވި ކައިވެނީގެ ހަފްލާގަ އެވެ. އާއިލާ އާއި ގާތް ރަހުމަތްތެރިން އެ ކައިވެނި ހަފްލާގައި ބައިވެރިވި އިރު ދެތަރިންގެ ބޮޑު ކައިވެނި ޕާޓީ ބާއްވާނީ ޕަންޖާބުގަ އެވެ. ކައިވެނީގެ ކުރިން އިންޑިއާގެ މީހުން ބާއްވާ ރަސްމިއްޔާތުތަކުގެ ފޮޓޯތައް ނެހާ އާއި ރޯހަން ވަނީ މީގެ ކުރިން އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

ލަވަކިޔުންތެރިޔާ ނެހާ، ރޯހަން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކަށަވަރުކޮށްދިނީ މި މަހު 9ގައި އިންސްޓަގްރާމަށް ހިއްސާކުރި ޕޯސްޓަކާއެކުގަ އެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޔަގީންކޮށްދިން އިރު ރޯހަން އާއި ނެހާ އާއި ބޭނުންވީ ރަށްޓެހިވެގެން ގިނަ ދުވަހު ނޫޅެ އަވަހަށް ކައިވެނިކުރާށެވެ.

ނެހާ ކައިވެނިކުރި އިރު އޭނާގެ ފޭނުން އަންނަނީ އުފާވެރި ކައިވެންޏަކަށް އެދެމުން ދެތަރިންނަށް ވެސް މަރުހަބާ ކިޔައިފަ އެވެ.

comment ކޮމެންޓް