ހިޓްލަރު ދެއްކި ވާޙަކަތައް ނީލަމުގައި 40،000 ޑޮލަރަށް ވިއްކާލައިފި

އެޑޮލްފް ހިޓްލަރު--

ޖަރުމަނުގައި ނާޒީންގެ ދުވަސްވަރު ވެރިކަން ކުރި އެޑޮލްފް ހިޓްލަރު އަތުން ލިޔެފައިވާ އޭނާގެ "ސުޕީޗް"ތައް ނީލަމުގައި 40،000 ޑޮލަރަށް ވިކިއްޖެ އެވެ.

ޔަހޫދީންގެ ޖަމާއަތްތަކުން އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހެދިޔަސް ހާމަން ހިސްޓޮރިއާ އޮކްޝަން ހައުސްއިން ވަނީ އެ އަމަލު ދިފާއުކޮށްފަ އެވެ. އަދި އެއީ ތާރީހީ އެއްޗެއް ކަމަށާއި އަދި އެ ލިޔުންތައް ރައްކާތެރިކުރަން ޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.

އެ ލިޔުންތައް ވިއްކާލީ ނީލަމުގައި ފެށި އަގަށް ވުރެ މާ ބޮޑު އަގުގަ އެވެ. ލިޔުންތައް ގަތް ފަރާތެއް ހާމައެއް ނުކުރެ އެވެ. އެގޮތުން ދެވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ނުވަ މަސްކުރިން ހިޓްލަރު ލިިޔެފައިވާ ނުވަ ސޮފްހާގެ މައްޗަށް އެކުލެވޭ ސުޕީޗް ވަނީ 40،300 ޑޮލަރަށް ވިކިފަ އެވެ.

ހިޓްލަރު ފާހަގަވެފައި ވަނީ ޔަހޫދީންގެ އެތައް މިލިއަން މީހުން މެރި މީހެއްގެ ގޮތުގަ އެވެ.

އެ ނީިލަމާ ގުޅިގެން ޔޫރަޕްގެ ޔަހޫދި ޖަމިއްޔާއަކުން އެކަން ކުށްވެރިކޮށް ބުނީ އެކަމާ މެދު އަޖައިބުވެ އަންތަރީސްވެެއްޖެ ކަމަށެވެ. އަދި މިއީ އިންސާނީ ކަރާމަަތަށް ކުރި ބޭއިންސާފެއް ކަމަށް ވަނީ ބުނެފަ އެވެ.-- އަލްޖަޒީރާ--

comment ކޮމެންޓް