އިފުރު އެއާޕޯޓާއި ހޮޓާ ވިއްކާލަނީ 65 މިލިއަން ޑޮލަރަށް

އިފުރު އެއާޕޯޓު ---

އިފުރު އެއާޕޯޓާއި ހޮޓާ ވިއްކާލަނީ 65 މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާން ކޮށްފި އެވެ.

މިއަހަރުގެ މެއި މަހުވެސް އެއާޕޯޓާއި ހޮޓާ ވިއްކާލަން އިއުލާނު ކުރި އެވެ. ނަމަވެސް މި ދެ ޕްރޮޕަޓީ ވިއްކާލަނީ ކޮން އަގެއްގައި ކަމެއް އޭރު އިއުލާނު ކޮށްފައެއް ނުވެ އެވެ.

https://sun.mv/135970

ދަ ސީއީއޯ މެގަޒިންގައި ވާގޮތުން ރ. އިފުރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓާއި ހޮޓާ އަދި އެ އިންވެސްޓްމަންޓާ އެކު ރިސޯޓް ހަދަން ދީފައިވާ ބ. އަތޮޅުގައި އޮންނަ ފުނަދޫ ކިޔާ ރަށެއް 50 އަހަރުގެ މުއްދަތަށް ވިއްކާލާނެ އެވެ.

ބ. ފުނަދީ

"ދަ ސްމޯލް މޯޑިވްސް އައިލެންޑް ކޮމްޕެނީ" (ޓީއެސްއެމްއައިސީ) އިން އިންވެސްޓުކޮށް ތަރައްގީކޮށްފައިވާ އިފުރު ސިޓީ ހޮޓަލަކީ 56.52 ހެކްޓަރުގެ ސަރަހައްދެއްގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. ޖުމްލަ 150 ބީޗްވިލާ ހިމެނޭ މި ރިސޯޓުގެ ބެޑް ކެޕޭސިޓީއަކީ 300 އެވެ. މި ރިސޯޓު ތަރައްގީކޮށްފައިވަނީ ޖުމްލަ ހަ ރެސްޓޯރެންޓު އަދި ބާ ހިމެނޭ ގޮތަށެވެ.

ރިސޯޓުގެ ކޮންސެޕްޓް

އެ ކުންފުނިން ވިއްކާލަން ނިންމާފައިވާ ބ. ފުނަދޫ އަކީ 11.69 ހެކްޓަރުގެ ރަށެކެވެ. އެ ރަށް ވިއްކާލަނީ އެ ރަށުގައި ރިސޯޓު ތަރައްގީކުރަން ޑިވެލޮޕްކޮށްފައިވާ ކޮންސެޕްޓާއެކު އެވެ. މި ރަށުގައި 90 ވިލާ ތަރައްގީކުރެވޭނެ ކަމަށް ކޮންސެޕްޓުގައިވެ އެވެ.

ޓީއެސްއެމްއައިސީ އަކީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްގެ ރިސޯޓު މެނޭޖުމެންޓު ކުންފުންޏެވެ. އަމިއްލަ ފުށިވެސް ހިންގާ އެ ކުންފުނިން މީގެ ކުރިންވެސް ވަނީ ރާއްޖޭގައި މަތީފަންތީގެ ރިސޯޓުތައް ތަރައްގީކޮށްފަ އެވެ.

އިފުރުގައި ކޯސްޓްލައިން އިން ތަރައްގީކޮށްފައިވާ އެއާޕޯޓް މިހާރު ހިންގަނީ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުންނެވެ.

comment ކޮމެންޓް