ވަރުގަދަ ކާސްޓަކާއެކު ގެނެސްދޭ "ލޫޑޯ"ގެ ޓްރެއިލާ ވަރަށް ޝައުގުވެރި!

ޓްރެއިލާއިން ފެނިގެންދާ ބައެއް މަންޒަރުތައް---

ކުޅަދާނަ ޑައިރެކްޓަރު އަނޫރާގް ބާސޫ ޑައިރެކްޓްކުރާ ފިލްމު "ލޫޑޯ"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ވަރުގަދަ ކާސްޓަކާ އެކު އަނޫރާގް މި ފިލްމު ގެނެސްދޭއިރު މި ފިލްމަކީ އެންތޮލޮޖީ ޑާކް ކޮމެޑީއެކެވެ. ޝައުގުވެރި ގިނަ ކަންތައްތަކެއް ޓްރެއިލާއިން ފެނިގެންދިޔައިރު މި ފިލްމަކީ އަންނަ މަހުގެ 12 ވަނަ ދުވަހު ނެޓްފްލިކްސްގައި ދެއްކުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. ގިނަ ތަރިންތަކެއް ފިލްމުން ފެނިގެންދާއިރު އެ ތަރިންގެ އެއް ވާހަކަ އަނެއް ވާހަކައާ ގުޅިގެންދާ ގޮތް މި ފިލްމުން ވަރަށް ޝައުގުވެރިކޮށް ދައްކާނެ ކަމަށް ބެލެވެ އެވެ.

ލޫޑޯގެ ތަރިންނަކީ އަބީޝޭކް ބައްޗަން، އަދިތްޔާ ރޯއީ ކަޕޫރު، ރާޖްކުމާރު ރާއޯ، ސާނިއާ މަލްހަތްރާ، ފާތިމާ ސަނާ ޝެއިހް، ރޯހިތު ސުރޭޝް، ސާލިނީ ވަޓްސް، ރޯހިތު ސަރަފް، އިނާޔަތް ވަރްމާ އަދި އަޝާ ނެގީ އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގެ މަސައްކަތްތަކާ މެދު ހުރިހާ ތަރިން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފަ އެވެ.

comment ކޮމެންޓް