ޖާޒީގެ އުއްތަރާކަންދުގެ ޝޫޓިން ނިންމާލައިފި

ޖާޒީގައި ޝާހިދު ފެނިގެންދާނީ ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން---

ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޖާޒީ"ގެ އުއްތަރަކާންދުގައި ނަގަން ހުރި މަންޒަރުތައް ނަގައި ނިންމާލައިފި އެވެ.

ފިލްމުގެ ޝެޑިއުލެއް އެ ސްޓޭޓުގައި ނަގައި ނިންމިކަން ހާމަކުރަމުން ބަތަލު ޝާހިދު ކުރި ޓްވީޓެއްގައި ބުނީ އެ ސްޓޭޓުގެ ޝޫޓިން އެއްކޮށް ކާމިޔާބުކަމާއެކީ ނިންމާލެވިއްޖެ ކަމަށާއި އެ ސްޓޭޓުގެ ސަރުކާރަށް ޝުކުރުއަދާކުރާ ކަމަށެވެ. ޝާހިދު ބުނީ އެ ސްޓޭޓުގައި ހިތްގައިމު ލޮކޭޝަންތަކުގައި ފިލްމުގެ މަންޒަރުތައް ނަގާލެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

މުރްނާލް ތާކޫރު ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާއިރު މި ފިލްމަކީ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ތެެލެގޫ ވާޝަނެއް ވެސް ވަނީ މީގެ ކުރިން ގެނެސްދީފަ އެވެ.

ގޯތަމް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމު ޝާހިދު ކުޅެދޭނީ އެހެން ފިލްމުތައް ކުޅެދޭ އަގަށްވުރެ ކުޑަކޮށެވެ. ތެއްތިރީސް ކުރޯޑު ރުޕީސް އަށް ފިލްމެއް ކުޅެދޭ ޝާހިދު މި ފިލްމު ކުޅެދޭނީ 25 ކުރޯޑު ރުޕީސްއަށް ކަމަށް ޚަބަރުތައް ބުނެ އެވެ.

comment ކޮމެންޓް