ސީޒަންގެ ސިންހަޅަ ފިލްމު "ކައުޝީ"ގެ ޕޯސްޓަރު ދައްކާލައިފި

ފިލްމުގެ ޕޯސްޓަރު--

ދިވެހި ފިލްމު އިންޑަސްޓްރީގައި ހުރި ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު އަލީ ސީޒަން ޑައިރެކްޓްކުރާ ފުރަތަމަ ސިންހަޅަ ފިލްމު، "ކައުޝީ"ގެ ރަސްމީ ޕޯސްޓަރު ދައްކާލައިފި އެވެ.

ފިލްމުގެ ޝޫޓިން މިހާރު އެއްކޮށް ނިމި ޑަބިންގެ މަސައްކަތްވެސް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ސްޕެޝަލް އިފެކްޓްސްގެ މަސައްކަތެވެ. ލޯބީގެ ބިރުވެރި ހާދިސާތަކެއް ދައްކުވައި ދޭ އެ ފިލްމަކީ މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ އިބްރީހީމް ނިފާރު (ތިއްތި)ގެ ކޮންސެޕްޓަކަށް ހަދާފައިވާ ފިލްމެކެވެ. ލަންކާގައި ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައިވާ "ކައުޝީ" ކެމެރާކޮށްފައި ވަނީ ތަޖުރިބާކާރު ކެމެރާމަން މުހައްމަދު ޝިވާޒް (މާސްކޭ) އެވެ.

ފިލްމު އެޑިޓްކޮށްފައި ވަނީ އަލީ މުސްތޮފާ (ސެމީ)އެވެ. ލަންކާ ތަރިން ފެނިގެންދާ މި ފިލްމާ ގުޅޭގޮތުން ސީޒަން ބުނީ ލަންކާގެ ޑިސްޓްރިބިއުޓަރަކަށް ވިއްކާލާނެކަމަށެވެ.

comment ކޮމެންޓް