ކައްދުއިން އިތުރު 24 މީހުން ޕޮޒިޓިވް، ޖުމުލަ 59

ލ. ކައްދޫ--

ލ. ކައްދޫއަށް ޓްރެއިނިންއަކަށް ގޮސް ތިއްބާ ޕޮޒިޓިވްވި މީހުންގެ އަދަދު 59އަށް އަރައިފި އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިތުރު 24 މީހަކު މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ. އިއްޔެއާ ހަމައަށް ކައްދޫއިން ޕޮޒިޓިވް މީހުންގެ ޖުމުލަ އަދަދަކީ 35 އެވެ.

ކައްދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި ސިފައިންނަކީ ލ. ގަމުގެ މީހުން ދިރިނޫޅޭ ސަރަހައްދެއް ކަމަށްވާ ކަށިކޮލި ސަރަހައްދުގައި ކޭމްޕުކޮށްގެން ތިބި ޓްރެއިނިން ބެޗެއްގައި ހިމެނޭ 25 ސިފައިންނެވެ. މިއީ މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ނެގި 93 ސާމްޕަލްގެ ތެރެއިން ފެނުނު ކޭސްތަކެއް ކަމަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް މި މީހުންނަކީ ކައްދޫގައި ކަރަންޓީންކޮށްފައިވާ މީހުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނުމުން އެޗްޕީއޭއިން ދުވާލަކު އެއްފަހަރު އާންމުކުރާ އަތޮޅުތަކުން ޕޮޒިޓިވްވާ މީހުން އަދަދު ހިމެނޭ ލިސްޓުގައި މި ކޭސްތައް ހިމަނާފައިވަނީ ކައްދޫއިން ފެނުނު ކޭސްތަކެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް